twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ދެވަންސޫރަ” މިމަހު 15 އަދި 16 ގައި ތިލަދެކުނު ސިނަމާގައި

Feb 11, 2018

މިއަހަރު ރިލީޒް ކުރި ފުރަތަމަ ފިލްމު ދެވަންސޫރަ މިމަހު 15 އަދި 16 ގައި ތިލަދެކުނު ސިނަމާގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

މި މަހު 5 ފެށިގެން ޕެންޓަގްރާމް ފިހާރައިން ދެ ޝޯގެ ޓިކެޓްވެސް ވިއްކަމުންދާއިރު ދެ ޝޯއިން އަދިވެސް ޖާގަ ލިބޭނެކަމަށް ކުޅުދުއްފުށީގައި ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭފަރާތުން މައުލޫމާތު ދެއެވެ. އަދި ކުޅުދުއްފުށީގައި ޝޯ އެޅުވުމަށް ފިލްމުގެ ލީޑް ތަރިއެއްވެސް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ފިލްމުގެ ހުރިހާ ބެލުންތެރިންގެ މެދުގައި ހާއްސަ ގުރުއަތުލުމެއްވެސް ވަނީ ނެގުމަށް ހަމަޖެހިފަ އެވެ. އެގޮތުން ފިލްމުގެ ބެލުންތެރިންގެ މެދުގައި ނެގޭ ގުރުއަތުލުމުން ހޮވޭ ފަރާތަކަށް 50،000 ގެ އަގުހުރި ސައިކަލެއް ލިބޭނެއެވެ.

މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ސަސްޕެންސް ތްރިލާއެކެވެ. ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޔޫއްޕެ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި މުޅިން އާ ތަރިއެއް ކަމަށްވާ މަރިޔަމް ޝިފާ އެވެ.

އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355