ޑަބުލިއު ސްޕޯޓްސް އެކަޑަމީ އިން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ބެޑްމިންޓަން އަންޕަޔަރުން ތަމްރީން ކުރާ ކޯހުގެ މުއްދަތު އިތުރުކޮށްފި އެވެ.
ބޭސިކް ބެޑްމިންޓަން އަމްޕަޔަރުން ތަމްރީން ކުރުމުގެ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.
ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އިންޓަރނޭޝަނަލް ބެޑްމިންޓަން އަމްޕަރާ އަލީ އަބްދުލްކަރީމެވެ.
މި މަހު 14 އިން 16 އަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7911665 ނަންބަރާ ގުޅުުއްވައިގެން ނަން ނޯޓް ކުރެވޭނެ އެވެ. ނަން ނޯޓް ކުރުމުގެ ފުރުސަތު 14 ފެބްރުއަރީ ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޑަބްލިއު ސްޕޯޓް އެކަޑަމީން އިސްނަގައިގެން ގިނަ މުބާރާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފާހަގަ ކޮށްލެވެއެވެ.