twitterviber whatsapp telegramfacebookyoutube instagram
15th July 2026

މިނިވަން ޗެމްޕިއަންޝިޕްގައި ބޮޑުތިލަދުންމަތީގެ 14 ރަށަކުން ބައިވެރިވެއްޖެ

Feb 19, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޮޑުތިލަދުންމަތީގެ 14 ރަށަކުން ބައިވެރިވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޮޑުތިލަދުންމަތިން މިއަހަރު ބައިވެރިވެފައިވަނީ ހއ އަތޮޅުގެ ތިން ރަށަކުންނާއި ހދ އަތޮޅުގެ 8 ރަށަކުން އަދި ށ އަތޮޅުން ތިން ރަށަކުންނެވެ.

ހއ އަތޮޅުން ބައިވެރިވެފައިވަނީ ދިއްދޫ، މުރައިދޫ އަދި އިހަވަންދޫ އެވެ. ހދ އަތޮޅުން ބައިވެރިވެފައިވަނީ ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަމް އަދި ކުރިނބީ އެވެ. ށ އަތޮޅު ބައިވެރިވީ ފޯކައިދޫ، ފުނަދޫ އަދި ފޭދޫ އެވެ.

މިމުބާރާތުގައި މިއަަހަރުވެސް އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ހދ އަތޮޅުންނެވެ.

މިއަހަރުގެ މާރޗްމަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި ފަހަރު ވެސް ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބައިވެރިވެފަ އެވެ.

މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަނުން ދަތުރުކުރާނީ ޒޯން ބުރަށެވެ. ޒޯން 3 ގެ އަތޮޅު ތަކުގެ ޗެމްޕިއަނުންމެދުގައި މި މުބާރާތް ކުރިއަށްދާނީ މާޗު 19 އިން 26 އަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށްގެންނެވެ.

މިމުބާރާތް ފެށުމަށް ކުޑަތަންވެފައިވާއިރު ގިނަ ރަށްތަކަކުން ދަނީ ވަރަށް ފޯރިއާއެކު މުބާރާތްތަށް ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355