twitterviber whatsapp telegramfacebookyoutube instagram
18th April 2024

މިނިވަން ޗެމްޕިއަންޝިޕް: އުތުރުން ހޯސްޓްކުރަނީ ކުޅުދުއްފުށި، ހަނިމާދޫ، ދިއްދޫ އަދި ފޯކައިދޫ

Feb 22, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅުގެ މެޗުތައް މިއަހަރު ކުޅޭނީ ކުޅުދުއްފުއްޓާއި ހަނިމާދޫގަ އެވެ.

ހދ އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ހަނިމާދޫ ގުރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ، ފިނޭ އަދި ނޮޅިވަރަމް އެވެ. ކުޅުދުއްފުށީ ގްރޫޕްގައި ހިމެނެނީ ކުޅުދުއްފުށި، ނޮޅިވަރަންފަރު، ކުމުންދޫ އަދި ކުރިނބީ އެވެ.

ހއ އަތޮޅުން ބައިވެރިވެފައިވަނީ ދިއްދޫ، މުރައިދޫ އަދި އިހަވަންދޫ އެވެ. އަދި ށ އަތޮޅު ބައިވެރިވީ ފޯކައިދޫ، ފުނަދޫ އަދި ފޭދޫ އެވެ.

މިމުބާރާތުގައި މިއަަހަރުވެސް އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ހދ އަތޮޅުންނެވެ. ށ އަތޮޅުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގަ އެވެ. ހއ ގެ މެޗުތައް ކުޅޭނީ ދިއްދޫގަ އެވެ.

މިއަހަރުގެ މާރޗްމަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި ފަހަރު ވެސް ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބައިވެރިވެފަ އެވެ.

މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަނުން ދަތުރުކުރާނީ ޒޯން ބުރަށެވެ. ޒޯން 3 ގެ އަތޮޅު ތަކުގެ ޗެމްޕިއަނުންމެދުގައި މި މުބާރާތް ކުރިއަށްދާނީ މާޗު 19 އިން 26 އަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށްގެންނެވެ.

މިމުބާރާތް ފެށުމަށް ކުޑަތަންވެފައިވާއިރު ގިނަ ރަށްތަކަކުން ދަނީ ވަރަށް ފޯރިއާއެކު މުބާރާތްތަށް ތައްޔާރުވަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355