twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހދ އަތޮޅުގެ 6 ސްކޫލަކު ބައިވެރިވެއްޖެ

Feb 27, 2018

އަންނަ މަހުގެ 26 އިން 29 އަށް ށ. މިލަންދޫގައި އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ހދ އަތޮޅުން 6 ސްކޫލް އަދި ށ އަތޮޅުން 5ސްކޫލް ބައިވެރިވެއްޖެ އެވެ.

އެގޮތުން މި މުބާރާތުގައި މި ދެ އަތޮޅުން ބައިވެރިވެފައިވަނީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ކުމުންދޫ ސްކޫލް، ހދ. މަކުނުދޫ މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ށ. ފޯކައިދޫ ސްކޫލް، ށ. ޅައިމަގު ސްކޫލް، ށ. މިލަންދޫ ސްކޫލް، ށ. ނަރުދޫ ސްކޫލް، އަދި ށ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މީގެ އިތުން ނ. ޅޮހީ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، ލ. މުންޑޫ ސްކޫލް، ލ. މާވަށު ސްކޫލް އަދި ގއ. ދާންދޫ ސްކޫލްވެސް މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގައި ކްލަބުތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ކްލަބް މުގޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް، ރައުހަތު ސްޕޯޓްސް، ކްލަބް ރާވެރިޔާ، ދަ ބްލެކް މާލިން، ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަން، ކްލަބް ކާމް ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރު އައްޑޫ ސިޓީގަ އެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355