twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ކުރިނބީ ޓީމު ވަކިވާން ނިންމައިފި

Mar 7, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ވަކިވާން ކުރިނބީ ކައުންސިލުން ނިންމާ، އެކަން ފުޓްބޯޅަ އެސޯސޭޝަނަށް އަންގައިފި އެެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން މިއަހަރު ކުރިނބީ ވަކިވާން ނިންމާފައިވަނީ މުބާރާތް ދެ ފަހަރެއްގެ މަތިން ފަސްކުރުމުން، އެޓީމަށް ކުޅޭ މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭތީ އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފުރާހް މިއަދު ކޭއޯއަށް ވިދާޅުވީ މުބާރާތުން ވަކިވާން ނިންމާ، އެކަން އެފްއޭއެމްއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަފްރާހް ވިދާޅުވީ މުބާރާތުން ވަކިވާން ނިންމާފައިވަނީ މުބާރާތް ފަސްކުރުމުން މުހިންމު ކުޅުންތެރިންނަށް ރިލީޒް ނުލިބޭތީ ކަމަށެވެ.

” ކުޅުންތެރިން އައީ ކުރީގެ ޝެޑިއުލްއަށް ބަލައިގެން ރިސޯޓުން ޗުއްޓީ ހަމަޖައްސައިގެން. ގިނަ ތިބީ ރިސޯޓްގައި އުޅޭ ކުޅުންތެރިން.” ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ގެނައި ބަދަލާއެއްގޮތަށް ރިސޯޓްތަކުން ކުޅުންތެރިންނަށް ރިލީޒް ނުލިބުމުގެ ސަބަބުން ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ބައިވެރިނުވެވޭ ކަމަށެވެ. މުބާރާތުން ވަކިވުމަށް މިއަދު ސިޓީ ފޮނުވާފައިވާއިރު މުބާރާތް ފަސްކުރުމުން ކުރިނބީގެ އިތުރުން އެހެން ކުދި އާބާދީގެ ރަށްތަކަށްވެސް ވަނީ ކުޅުންތެރިންގެ ދަތިތައް ފޯރާފަ އެެވެ.

މިނިވަން ޗެމްޕިއަންޝިޕް މިއަހަރުގެ މުބާރާތް ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީމަހު ފަހު ކޮޅު އެވެ. އަނެއްކާވެސް މިމަހު ތިންވަނަ ދުވަހަށް ތާވަލުކުރުމަށް ފަހު މިހާރު ފަށަން ހަމަޖެހިފައިވަނީ މިއަދު އެވެ. އެންމެ ގިނަ ޓީމް ހދ އަތޮޅުން ބައިވެރިވެފައިވާއިރު މިއަހަރުގެ މުބާާރާތުގައި ހދ އިން 8 ރަށަކުން ވާދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355