twitterviber whatsapp telegramfacebookyoutube instagram
20th April 2025

ހަނިމާދޫ ޓީމު އޮތީ ފުރިހަމަ ތައްޔާރުވެ، ބޭނުންވަނީ ސަޕޯޓަރުންގެ އެހީ

Mar 7, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހަނިމާދޫ ގުރޫޕްގެ މެޗުތައް މިއަދު ފަށާއިރު މިއަދު ބައްދަލުކުރާނީ ހަނިމާދޫ އާއި ފިނޭ އެވެ. މުބާރާތަށް ހަނިމާދޫ ޓީމުވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.

ހަނިމާދޫ ޓީމުގެ އުންމީދީ ކޯޗު މުހައްމަދު ނާސިރު ކޭއޯއަށް މިއަދު ވިދާޅުވީ ޓީމް ހަނިމާދޫ އޮތީ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި މުބާރާތަށް ކޮންމެ ޓީމެއްވެސް ނިކުންނާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.

ހަނިމާދޫ ޓީމުގެ ސްކޮޑް އިއުލާންކޮށްފައިވާއިރު މިއަހަރުގެ މުބާރާތުގެވެސް ހިމެނޭނީ 100 އިންސަތަ ރަށު ކުޅުންތެރިން ކަމަށް ނާސިރު ވިދާޅުވި އެވެ. ޓީމުގައި ހިމެނޭނީ ޒުވާން ހުނަރުވެރި ކުޅުންތެރިންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫއަށް އުފަން ނާސިރު ވިދާޅުވީ އަމާޒަކީ އަތޮޅު ބުރާއި ޒޯން ބުރުގެ ތަށި ނަގައިގެން ޕްރިމިއަރ ލީގަށް ކޮލިފައިވުން ކަމަށެވެ.

މުބާރާތް ލަސްކުރުމުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވީނަމަވެސް މާ ބޮޑު ދަތިތަކެއް ހަނިމާދޫ ޓީމަށް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ހަނިމާދޫ ޓީމުގެ ސަޕޯޓަރުންނަށް ނާސިރު ވިދާޅުވީ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާގެ ރޯލު ވަރަށް މުހިންމުކަމަށާއި ޓީމަށް ސަޕޯޓްކުރުމަށް ހުރިހާ ފަރާތްތަކުންވެސް ދަނޑަށް ވަނުމަށެވެ.

ހަނިމާދޫ ދަނޑުގައި މިއަދު ކުޅެވޭ މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ފިނޭ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355