ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން - 9 މަސް ކުރިން - 8 މާރޗް 2018ކުޅުދުއްފުށީ ބަރާބަރު ފިހާރައިގައި ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީހެއް ހުޅުވައިފި އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައި ދެއްވީ އޭސް އޭވިއޭޝަންގެ މާކެޓިންގ އެގްޒެކެޓިވް ފާތުމަތު މަޒްނާ އެވެ.

މި ހިދުމަތާއެކު ބަރާބަރުން ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ހުރިހާ މަންޒިލަކަށް ޓިކެޓް ލިބުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި މިއޮފީހުން ސްރީލަންކަން އެއާލައިންސް ހެޑް އޮފީހުން އޮފާ ކުރާ ހުރިހާ ޕުރޮމޯޝަންތަކެއްވެސް ހަމަ އެއް އަގެއްގައި ލިބިގެންދާނެ އެވެ.

މީގެ އިތުރުން މާލެއަށް ދަތުރު ނުކޮށް ހަނިމާދޫ އިން ޓްރިވެންޑްރަމްއަށް ކުރާ ދަތުރުން ދެން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޓްރިވެންޑްރަމް އިން ކޮލަންބޯ ނުވަތަ ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދަތުރު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އެފަރާތުން ބުނެ އެވެ.

އިތުރު މައުލޫމާތު ބަރާބަރުގެ ރިޒަވޭސަން ހޮޓްލައިން 6527700 އާ ގުޅާލުމުން ނުވަތަ 7847700 އަށް ވައިބާރ މެދުވެރިކޮށް ލިބޭނެ ކަމަށް ބަރާބަރުން ހާމަ ކުރެ އެވެ.


ގުޅުން ހުރި ލިޔުންތައް  1. ސައީދުބެ 9 މަސް ކުރިން
    ހަނިމާދޫން ފުރޭތަ ލަންކާއްއްދާން ނޫނީ އިންޑިއާއައްދާން ނުފުރެންޏަތިޚިއްކުރާނެކްމެއް