twitterviber whatsapp telegramfacebookyoutube instagram
20th April 2025

ނޮޅިވަރަމް މޮޅުވިއިރު ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު މެޗުވީ އެއްވަރު !

Mar 8, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހދ ނޮޅީވަރަމާއި ހދ ނެއްލައިދޫ ބައްދަލުކުރި މެޗު 1-0 ހަނި ނަތީޖާއަކުން ނޮޅިވަރަން މޮޅުވެއްޖެ އެވެ.

ހދ އަތޮޅު ގުރޫޕްގެ އޭ ގައި މިއަދު ބައްދަލުކުރި މި މެޗުގައި ދެ ޓީމުންވެސް ވާދަވެރި މޮޅުކުޅުމެއް ފެނިގެންދިޔަ އެެވެ.

ހަނިމާދޫ ދަނޑުގައި ކުޅުނު މިމެޗުގައި ނޮޅިވަރަމް ޓީމަށް ލަނޑު ޖަހާދީފައިވަނީ 50 ވަނަ މިނިޓްގެ ތެރޭގައި ގުރައިސް އަބުދުލް ރައްޒާގް އެވެ .

މިމުބާރާތުގެ ހދ އަތޮޅުގެ ގުރޫޕް ބީ މިއަދު ބައްދަލުކުރީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބައްދަލުކުރި މިމެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާދީފައިވަނީ ކީޕަރު ކައިރި ނެއްޓުމަށް ފަހު މެޗުގެ 23 ވަނަ މިނިޓްގެ ތެރޭގައި ނޮޅިވަރަންފަރުގެ މުހައްމަދު އައްސަދެވެ.

ނޮޅިވަރަންފަރުން ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ކުޅުދުއްފުށީ ޓީމުން ވަނީ ލަނޑެއްގެ ޖަހާ އެއްވަރު ކޮށްފަ އެވެ. ކުޅުދުއްފުށީ ޓީމަށް ލަނޑު ޖަހާދިނީ ޒައިދު މުހަންމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355