twitterviber whatsapp telegramfacebookyoutube instagram
3rd April 2026

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ފައިނަލުގެ ފުރަތަމަ ލެގު މުރައިދޫ ކާމިޔާބުކޮށްފި

Mar 21, 2018

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ފައިނަލުގެ ފުރަތަމަ ލެގު ހއ މުރައިދޫ ކާމިޔާބުކޮށްފި އެވެ.

ހަނިމާދޫ ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުން ހަނިމާދޫ އަތުން މުރައިދޫ މޮޅުވީ 2-0 އެވެ.

ހަނިމާދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ކުރިމަތީގައި ކުޅުނު މިމެޗުގައި މުރައިދޫ ޖެހި 2 ގޯލްވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފެށުނުތަނާހެން ފުރަތަމަ ގޯލް ޖަހާ ލީޑް ނަގައިދިނީ ސިރަތު އަބުދުލްއަޒީޒް އެވެ. މިދަނޑު ޖަހާފައިވަނީ 11 ވަނަ މިނިޓްގަ އެެވެ. މުރައިދޫ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ނިމެނިކޮށް އިސްމާއިލް ފަތީ ފޮނުވާލި ހަމަލާކުންނެވެ.

ދެޓީމަށް ވެސް ދަނޑު ޖަހާނެ ފަހި ފުރުސަތުތަކެއް ލިބުނުކަމުގައިވިޔަސް އެ ފުރުސަތުތަކުގެ ބޭނުންވަނީ ހިފޭ ގޮތްނުވެފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅި ނުރައްކާތެރި ހަމަލާތަކެއްވަނީ ދެ ޓީމުންވެސް އުއްފަދާފަ އެވެ.

ޒޯން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިދެޓީމް ވާދަކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު މުރައިދޫ ބޯޅަދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355