twitterviber whatsapp telegramfacebookyoutube instagram
30th March 2026

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑް އުތުރުން ފޯކައިދޫގަ !

Apr 11, 2018

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑް އުތުރުން ހޯސްޓްކުރަނީ ށ ފޯކައިދޫގަ އެވެ.

ށ އަތޮޅު ޗެމްޕިއަންކަމުގެ އިތުރުން ޒޯން 2 ގެ ޗެމްޕިއަންކަންވެސް މިއަހަރު ކާމިޔާބުކޮށްފައިވަނީ ފޯކައިދޫ ޓީމެވެ.

އެފްއޭއެމްގެ އޮފިޝަލަކު މިރޭ ކޭއޯއަށް ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ރައުންޑް އުތުރުން ހޯސްޓްކުރަނީ ފޯކައިދޫގަ ކަމަށެވެ. އަދި ދެކުނު ހޯސްޓް ކުރާނެ ސީދާ ރަށެއް އަދި މުޅިން ފައިނަލްކުރެވިނުވާ ކަމަށެވެ. ނަމަވެސް ދެކުނުގައި މުބާރާތް އޮންނާނެކަމަށް ބޮޑަށް ބެލެވެނީ ފ. ނިލަންދޫގަ ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ފޯކައިދޫ ގުރޫޕްގައި ހިމެނޭ ޓީމުތަކަކީ ޒޯން 1 ގެ ޗެމްޕިއަން ހއ. މުރައިދޫ، ޒޯން 2 ގެ ޗެމްޕިއަން ށ. ފޯކައިދޫ، ޒޯން 3 ގެ ޗެމްޕިއަން ބ. ފެހެންދޫ، ޒޯން 4 ގެ ޗެމްޕިއަން އދ. ފެންފުއްޓެވެ. އަދި އއ. މާޅޮހެވެ.

ނިލަންދޫގައި ގުރޫޕްގައި ހިމެނެނީ ޒޯން 5 ގެ ޗެމްޕިއަން ފ. ނިލަންދޫ، ޒޯން 6 ގެ ޗެމްޕިއަން ތ. ތިމަރަފުށި، ޒޯން 7 ގެ ޗެމްޕިއަން ގދ. ހޯނޑެއްދޫ، ޒޯން 8 ގެ ޗެމްޕިއަން ސ. ހިތަދޫ އަދި ދ. ކުޑަހުވަދޫ އެވެ.

ފައިނަލް ރައުންޑްގެ މެޗުތައް މިމަހު 20 ގައި ފެށުމަށް އެފްއޭއެމުން އަންނަނީ  ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355