twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑަބުލިއު ސްޕޯޓްސް ވޮލީ މުބާރާތް: ޕޮލިހާއި އޭއީސީއަށް ރަނގަޅު ފެށުމެއް !

Apr 15, 2018

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ އިއްޔެގެ މެޗް ތަކުގައި ވާދަ ކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިހާއި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭ.ޕީ.އެލް) ، ހދ އަތޮޅު ތައުލީމީ މަރުކަޒު ޓީމް ( ޓީމް އޭއީސީ) އާއި އެސްޓީއޯ އާރ ސީގެ އިތުރުން ، ކުޅުދުއްފުށީ ކެމްޕަހާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ.

އެގޮތުން އިއްޔެގެ ފުރަތަމަ ބައްދަލު ކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް އަދި ކުޅުދުއްފުށީ ޕޯޓްސް ( ކޭ.ޕީ.އެލް ) އެވެ. މިމެޗް3-1 ކާމިޔާބު ކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ޓީމެވެ. ކުޅުދުއްފުށީ ޕޮލިސް އަދި ކުޅުދުއްފުށީ ޕޯޓްސް ( ކޭ.ޕީ.އެލް ) ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ މޫސާ ރަސީދުއެވެ.

މިމުބާރާތުގެ ރޭގެ ދެވަނަ މެޗްގައި ބައްދަލުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒު ޓީމް ( ޓީމް އޭއީސީ) އާއި އެސްޓީއޯ އާރ ސީ އެވެ. މި މެޗް ކާމިޔާބު ކޮށްފައި ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒު ޓީމް ( ޓީމް އޭއީސީ) އެވެ. ޓީމް އޭއީސީ މި މެޗް ކާމިޔާބް ކޮށްފައިވަނީ 3-1 ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.ޓީ.އޯ ޓީމްގެ އަހުމަދު މުހައްމަދެވެ.

ރޭގެ ފަހު މެޗްގައި ، ކުޅުދުއްފުށީ ކެމްޕަހާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބައްދަލުކޮށް ސީދާ ތިން ސެޓު ކާމިޔާބު ކޮށްފައި ވަނީ ކުޅުދުއްފުށީ ކެމްޕަސް ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކެމްޕަސް ޓީމްގެ މުޙައްމަދު ޞަބާހެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ މި މުބާރާތުގެ ދެ މެޗް އެވެ. އެގޮތުން ފުރަތަމަ ބައްދަލު ކުރަން ހަމަޖެހިފައިވަނީ ދިރާގާއި ފެނަކަ އެވެ. މި މެޗް ފެށޭނީ މިރޭ 8:30 ގައެވެ. މިރޭގެ ފަހުމެޗްގައި ވާދަ ކުރަން ހަމަޖެހިފައި ވަނީ ކަސްޓަމް އާރު ސީ އާއި އެސްޓީއޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355