twitterviber whatsapp telegramfacebookyoutube instagram
30th August 2026

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު: ފޯކައިދޫގެ ފެށުން ރަނގަޅުކޮށްފި

Apr 22, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ފުރަތަމަ މެޗު ށ. ފޯކައިދޫ ކާމިޔާބުކޮށްފި އެވެ.

ފައިނަލް ބުރުގެ މެޗުތައް އިއްޔެ ފަށާފައިވާއިރު ފޯކައިދޫގައި ގުރޫޕްގައި ބައްދަލުކޮށްފައިވަނީ ފޯކައިދޫ އާއި އދ ފެންފުއްޓެވެ.

ފެންފުށި އަތުން ފޯކައިދޫ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 14 ވަނަ މިނެޓްގައި މުހަންމަދު ނަދީމެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ފޯކައިދޫ ގުރޫޕްގައި ހިމެނޭ ޓީމުތަކަކީ ޒޯން 1 ގެ ޗެމްޕިއަން ހއ. މުރައިދޫ، ޒޯން 2 ގެ ޗެމްޕިއަން ށ. ފޯކައިދޫ، ޒޯން 3 ގެ ޗެމްޕިއަން ބ. ފެހެންދޫ، ޒޯން 4 ގެ ޗެމްޕިއަން އދ. ފެންފުއްޓެވެ. އަދި އއ. މާޅޮހެވެ

އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ނިލަންދޫ ވަނީ އަމިއްލަ ދަނޑުގައި ތ. ތިމަރަފުށި އަތުން މޮޅުވެފައެވެ. އެ މެޗުން ނިލަންދޫ ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355