twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި

Apr 28, 2018

ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިސްނަގައިގެން މި މަހު 13 ން 26 އަށް ކުޅުދުއްފުށީ އޮފީސްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފި އެވެ.

އެމްއެންޔޫ އަދި ފެނަކަ ބައްދަލުކުރި މި މެޗު ފެނަކަ ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް އެމްއެންޔޫއިން ކާމިޔާބުކުރި ނަމަވެސް ފަހު 3 ސެޓް ކާމިޔާބު ކުރީ ފެނަކައިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ފެނަކައިގެން ހަސަން ސޮލާހެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ އެމްއެންޔޫގެ މުހައްމަދު ސޮބާހް، އިސްމާއިލް މަންސޫރު، އަބްދުލްހަމީދު، ފެނަކައިގެ މުހައްމަދު ސޮލާހް، އަހުމަދު ހަސަން އަދި ޕޮލިސް ޓީމްގެ އަހުމަދު އިހްސާނެވެ. އެންމެ މޮޅު ލިބްރާއަކަށް ހޮވިފައިވަނީ ޕޯރޓް ގެ މުހައްމަދު އަބްދުލްކަރީމެވެ.

މުބާރާތުގެ ފެއާރ ޕްލޭޓީމަކަށް ހޮވިފައިވަނީ ކަސްޓަމްސް އެވެ.

މި މުބާރާތް މި އަަހަރު ހާއްސަ ކުރެވިފައިވަނީ އޯޓިޒަމް ކުދިންނަށެެވެ. އެގޮތުން މުބާރާތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ހާއްސަ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް އެ އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355