އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބައިބަލާ މުބާރާތް ބާއްވަނީ

ޚަދީޖާ އާދަމް - 6 މަސް ކުރިން - 1 މެއި 2018


ބައިބަލާ މުބާރާތުގެ ތެރެއިން--

ފިތުރު އީދާ ދީމާކޮށް ކުޅުދުއްފުށީގައި ބާއްވަމުން އައި އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ބައިބަލާ ޗެލެންޖް މި އަހަރު ބޭއްވުމަށް ހަމަޖެހިޖެއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މުބާރާތް އިއުލާންކޮށްފައިވާއިރު މި އަހަރުގެވެސް ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި މިސްޓަރ ބައިބަލާއަށް 5،000 ރުފިޔާގެ އިނާމެއް ވަނީ ހުށައެޅުފަ އެވެ.

އަދި ބެސްޓް އެޓޭކިން ޕްލޭޔާރ، ބެސްޓް ޑިފެންސިވް ޕްލޭޔާރ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ ފިތުރު އީދުގެ ދެވަނަ ދުވަހުއެވެ.

މުބާރާތުގެ ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވައިދު ދޫކުރާނެ ތާރީހް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ފިތުރު އީދާ ދީމާކޮށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ ތަރުހީބު ބޮޑު އެއްބޮޑު މުބާރާތްކަން ފާހަގަކޮށްލެވެއެވެ.


ގުޅުން ހުރި ލިޔުންތައް