twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހދ އަތޮޅު ހެލްތް ސާރވިސަސްގެ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

May 14, 2018

ހދ އަތޮޅު ހެލްތް ސާރވިސަސް އިން 2018 ވަނަ އަހަރުގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މޫދު ކަސްތަރު ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ.

މިދިޔ އޭފްރިލް މަހު 10 ން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 200 ބައިވެރިންނާއި އެކުއެވެ. މި ޕްރޮގްރާމްގެ ކަސްރަތު ކަޑިތައް ކުރިއަށް ގެންދިޔައީ 4 ގަޑިއަކަށް ބަހާލައިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކަމަށް ހެލްތް ސާރވިސަސް އިން މައުލޫމާތު ދެއެވެ.

އެގޮތުން މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރުންގެ ގެޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ ވެސް ޕޮލިހުންކަމަށާއި އެގޮތުން ޕްރޮގްރާމުގައި 4 އިންޓްރަކްޓަރެއް ހަރަކާތްެރިވިއިރު އޭގެ ތެރެއިން 3 އިންސްޓްރަކްޓަރުންނަކީ މިކަމުގެ ޓްރެއިނިން ލިބިފައިވަނީ ޕޮލިސް އޮފިސަލުންކަމަށް ވެސް ހެލްތް ސާރވިސަސް އިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގެ ނިންމުން މިދިޔަ ހުކުރު ދުވަހު އަފީފުއްދީން ސްކޫލުގައި ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނަށް ވަނީ ހަނދާނީ ލިއުން ދީފައެެވެ.

މީގެ އިތުރުން 100 ޕަސެންޓް ކަސްރަތު ކުރުމަށް ހާޒިރުވި ބައިވެރިންނަށް އެކަން ފާހަގަކޮށް ހިތްވަރުދިނުމުގެ ސެޓްފިކެޓާއި އެންމެ ބަރުދަން ލުއިކުރި އަންހެން އަދި ފިރިހެން ބައިވެރިޔާ ހޮވާ އެފަރާތްތަކަށް ވެސް ވަނީ ހަނދާނީ ލިއުން ދީފަ އެވެ.

އަދި ހެލްތް ސާރވިސަސް ގެ ފަރާތުން އިންޓްރަކްޓަރުން ކޮށްދިން މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ހަދާނީ ފިލާ ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355