ރެސިޕީ: ބަޖިޔާ

ނަބީލާ އިސްމާޢީލް - 8 މަސް ކުރިން - 4 ޖޫން 2018ބޭނުންވާނެ ތަކެތި

3 ޖޯޑު ކޮށާފަހުރި ވަޅޯމަސް
05 ފިޔާ ( ކޮށާފަ )
04 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
ފޮނި ތޮށި ( 03 އިންޗި ހުންނަވަރު )
1/4 މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި ( ހިމުންކޮށް މުގުރާފަ )
02 ރާނބާ ފަތް ( 03 އިންޗި ހުންނަވަރު )
01 ގިތެޔޮ މިރުސް
1/2 2 މޭޒުމަތީ ސަމުސާ ހަކުރު
ލޮނު
2 ޖޯޑުފުއް
ތެޔޮ

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފިޔާ، ހަކުރު، ރާނބާފަތް، ފޮނި ތޮށި ކުޑަ ތެޔޮފޮދެއްގައި ވަޅޯ ކޮށްލާށެވެ. އެއަށްފަހު ވަޅޯމަސް، މިރުސް. ކުކުޅު ހަވާދު އަދި ހިމުންކޮށް މުގުރާފަހުރި ކާފޫރު ތޮޅި އަދި ލޮނު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުގެ ތެރެއިން ރާނބާފަތާއި ފޮނި ތޮށި ވަކިކޮށްލާށެވެ. ދެން ރޮށި ފިހަން ފުއް މޮޑޭ ގޮތަށް ފުއް މޮޑޭށެވެ. ރޮށި ގޮތަށް ދަންމާ ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ރޮށި ބައްދާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލައްވާށެވެ.


ގުޅުން ހުރި ލިޔުންތައް