އުރީދޫ މަސްރޭހުގެ ފައިނަލަށް މަލަހިނި އަދި ސްޓެލްކޯ !

ޚަދީޖާ އާދަމް - 6 މަސް ކުރިން - 2 ޖޫން 2018



‎ރާއްޖޭ ގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ފުރަތަމަ ސެމީ ފައިނަލް ބުރު ނިމި، ޓީމް ސްޓެލްކޯ އަދި ޓީމް މަލަހިނި ރިސޯޓް ފައިނަލް ގެ ހަ ޖާގަ ތެރެއިން ދެ ޖާގަ ކަށަވަރު ކޮށްފި އެވެ.

‎ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ގައި ކުރިއައް ދިޔަ މި އިވެންޓުގައި ވަނީ ހަތަރު ޓީމެއް ވާދަ ކޮއްފައެވެ. އޭގެ ތެރޭގައި ޓީމް މަލަހިނި، ޓީމް ގްރޭޓާރ މާލެ، ޓީމް ޓުއަރިޒަމް ކްލަބް އަދި ޓީމް ސްޓެލްކޯ ވަނީ ވާދަ ކޮށްފައެވެ.

މިމުބާރާތުގެ ސެމީފައިނަލް ދެވަނަ އިވެންޓް އޮންނާނީ ޖޫން 4 ކަމަށްވާ ހޯމަ ދުވަހު ބްރިޖް ވިއުވިން ޕްލެޓްފޯމްގައި އޮންނާނެ އެވެ.

ސެމީފައިނަލް ދެވަނަ އިވެންޓުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް , ޓީމް ތާޖް އެކްސޯޓިކާ، ޓީމް އެމްޕީއެލް އަދި ޓީމް ނަލަހިޔާ އެވެ.


ގުޅުން ހުރި ލިޔުންތައް