އުރީދޫ މަސްރޭހުގެ ފައިނަލްގެ 2 ޖާގަ ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ އިން ކަށަވަރު ކޮށްފި

ޚަދީޖާ އާދަމް - 4 މަސް ކުރިން - 5 ޖޫން 2018



ރާއްޖޭ ގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ދެވަނަ ސެމީފައިނަލް ބުރު ނިމި، ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވަނީ ފައިނަލް ގެ ހަ ޖާގަ ތެރެއިން ދެ ޖާގަ ކަށަވަރު ކޮއްފައެވެ.

އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ކުރިއަށްއޮތް ތިންވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދާ ދެ ޓީމާއިއެވެ.

ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ގައި ވަރަށް ފޯރިގަދަ ކަމާއެކު ކުރިއައް ދިޔަ މި އިވެންޓުގައި ވަނީ ހަތަރު ޓީމެއް ވާދަ ކޮއްފައެވެ. އޭގެ ތެރޭގައި ޓީމް މިލައިދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލް ވަނީ ވާދަ ކޮއްފައެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓް ވަނީ ޖޫން 6 ކަމަށްވާ ބުދަ ދުވަހަށް ތާވަލް ކޮއްފައެވެ. މިއިވެންޓް ވެސް ވަރަށް ފޯރި ގަދަކަމާއެކު ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ބޭވުމައް ވަނީ ހަމަޖެހިފަ އެވެ. މިއިވެންޓް ގައި ފައިނަލްގެ ފަސްވަނަ ޓީމް އަދި ހަވަނަ ޓީމް ކަށަވަރު ވެގެން ދާނެއެވެ.
‎ސެމީފަިނަލް ފަހު އިވެންޓުގައި ވާދަކުރުމައް ހަމަޖެހިފައިވަނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.