twitterviber whatsapp telegramfacebookyoutube instagram
22nd April 2019

ބައިބަލާ ޗެލެންޖްގައި 5 ޓީމެއް، މުބާރާތް މިރޭ ފަށަނީ

Jun 15, 2018

ފިތުރު އީދާ ގުޅުވައިގެން ކޮންމެ އަހަރަކު ކުޅުދުއްފުށީގައި ބާއްވާ ބައިބަލާ ޗެލެންޖްގައި މިއަހަރު 5 ޓީމަކުން ބައިވެރިވެއްޖެ އެވެ.

30،000ރ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ، މަންގަނޑު، ޖެމްރޮކް، ނިއުއޭޖް، ހިރަފުސް އަދި ސްޓޯން އެވެ.

ފޯރިގަދަ ބައިބަލާ މުބާރާތް މިރޭ ފަށަން ތާވަލުކޮށްފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިރަފުހާއި ސްޓޯން އެވެ. ތިން ދުވަހަށް މުބާރާތް ދެމިގެންދާއި މިރެއާއި މާދަމާ ރޭ ކޮންމެ ރެއަކު ފަސް މެޗު ކުޅޭނެ އެވެ.

20:30 ގައި ފުރަތަމަ މެޗު ފަށާއި ފަހު މެޗު ކުޅޭނީ 22:30 ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ތާވަލްކޮށްފައިވަނީ 17 އާދިއްތަ ދުވަހު 21:00 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355