“ސަންޖޫ” އަށް ފަސް ދުވަސްތެރޭ 167 ކަރޯޑް ރުޕީސް

ޚަދީޖާ އާދަމް - 6 މަސް ކުރިން - 5 ޖުލައި 2018މި އަހަރު މިހާތަނަށް ނެރޭނެ އެންމެ ކާމިޔާބު ފިލްމަށް ވާނެކަމަށް ގިނަބަޔަކު ގަބޫލް ކުރި ރަންބީރު ކަޕޫރްގް “ސަންޖޫ” އަށް ފަސް ދުވަސް ތެރޭ 22 ކަރޯޑް ރުޕީސް ލިބިއްޖެ އެވެ.

މިދިޔަ މަހު 29 ގައި ރިލީޒް ކުރި ސަންޖޫއަށް އެ ހަފްތާ ބަންދުގައި އެކަނިވެސް ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފަ އެވެ. އެގޮތުން ހުކުރު ދުވަހު 34.75 ކަރޯޑް، ހޮނިހިރު ދުވަހު 38.60 ވަނީ ލިބިފަ އެވެ.

އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަންޖޫ ގެ މި ކާމިޔާބީ އެއްވަރެއްގައި ހިފަހައްޓާ ލެވިއްޖެނަމަ 200 ކަރޯޑްގެ މާކަށް ވަރަށް އަވަހަށް އަރާނެ ކަމަށެވެ.

ރާޖްކުމާރު ހިރާނީގެ މި ފިލްމު މިހާރުވެސް ވެފައިވަނީ މި އަހަރުތެރޭގައި އެޅުވި އެންމެ ކާމިޔާބު ފިލްމަށެވެ. އެގޮތުން ފިލްމު އެޅުވި 3 ވަނަ ދުވަހު އެ ފިލްމަށް ލިބުނު އާމްދަނީ އަކީ އެއްދުވަސް ތެރޭ ހިންދީ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ. އެދުވަހު އެކަނިވެސް އެ ފިލްމަށް 46 ކަރޯޑް ރުޕީސް ވަނީ ލިބިފައެވެ.

މިއީ ހިރާނީ ގެ ފުރަތަމަ ބައޮފިކް ފިލްމުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރަންބީރު ކަޕޫރްގެ އިތުރުން، ދިއާ މިރްޒާ، ސޯނަމް ކަޕޫރް، އަނުޝްކާ ޝަރްމާ، ޕަރޭޝް ރާވަލް އަދި މަނީޝާ ކޮއިރަލާ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެން ދާނެއެވެ.


ގުޅުން ހުރި ލިޔުންތައް