twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ތައިލެންޓުގައި ކުދިން ތާށިވި ހޮހަޅަ މިއުޒިއަމަކަށް ހަދަނީ

Jul 12, 2018

ތައިލެންޓްގައި ކުދިން ތާށިވި ތަމް ލުއާން ހޮހަޅަ މިއުޒިއަމަކަށް ހެދުމަށް ނިންމައިފި އެވެ.

އެތަން މިއުޒިއަމަކަށް ބަދަލު ކުރުމަށްފަހު ޓޫރިސްޓުންނަށް ހުޅުވާލާއިރު އެކުދިން ސަލާމަތް ކުރިގޮތުގެ ޝޯކޭހެއް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ތަމް ލުއާން އަކީ އަކީ ތައިލެންޓުގެ ޗިއާން ރާއި ޕްރޮވިންސްގެ ކުޑަ ޓައުންއެއްކަމަށްވާ މައެ ސައިގައިވާ އަދި ތައިލެންޓްގެ އެންމެ ބޮޑު ހޮހޮޅައެވެ.

ޗިއާން ރާއިގެ ކުރީގެ ގަވަރުނަރ އަދި ރެސްކިއު މިޝަންގެ އިސް ކޮމާންޑަރުގެ ގޮތުގައި މަސައްކަތް ކުރެއްވި ނަރޮންގްސަކް ނިއުސް ކޮންފަރެންސްއެއްގައި ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް ދައްކުވާދިނުމަށް އެތަން ހެދޭނީ “ލިވިން” މިއުޒިއަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަން ވެގެންދާނީ ބޮޑު ޝައުގުވެރިކަމެއް ލިބޭތަނަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުދިން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަންގެ ވީޑިއޯ މިހަރު ތައި ނޭވީން އާންމު ކޮށްފައިވާއިރު މި މިޝަންގެ މައްޗަށް ފިލްމެއް ހެދުމަށްވެސް ދެ ކޮމްޕެނީއަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355