ޕްރިޔަންކާގެ އުފަންދުވަހު ނިކްގެ ފަރާތުން ހާއްސަ ހަދިޔާއެއް

ޚަދީޖާ އާދަމް - 5 މަސް ކުރިން - 16 ޖުލައި 2018



އަންނަ ބުދަ ދުވަހު ބޮލީވުޑް އަދި މިހާރު ހޮލީވުޑްގައިވެސް މަޝްހޫރު ތަރި ޕްރިޔަންކާގެ 36 ވަނަ އުފަންދުވަސް ފާހަގަ ކުރާއިރު ޕްރިޔަންކާގެ ލޯބިވެރިޔާ ނިކް ޖޯންސް ގެ ފަރާތުން ހާއްސަ ސަޕްރައިޒެއް ރޭވިފައިވާކަމަށް ހަބަރުތަކުން ބުނެފިއެވެ.

ޕްރިޔަންކާ އަދި ނިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް މީޑިޔާގައި ފެތުރެމުންދާތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު މި ދެތަރިން އެކަމާއި ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޕްރިޔަންކާ މިހާރު ވަނީ ނިކް އާއި އެކު އުފަންދުވަސް ފާހަގަ ކުރުމަށް އޭނާގެ ބިޒީ ސެޑިއުލުން ވަގުތުވެސް ހުސްކޮށްފަ އެވެ. އަދި ޕްރިޔަންކާއަށް އެންމެ ކަމުދާ ބީޗް ޑެސްޓިނޭޝަންއިން ދެމީހުންނަށް ބުކިންވެސް ހައްދާފަ އެވެ. އެހެންނަމަވެސް އެއީ ކޮންތަނެއްކަމެއް އެގިފައެއްނުވެއެވެ.

ދާދިފަހުން ދެމީހުން އެކުގައި އިންޑިޔާއަށް ވެސް ގޮސްފައިވާއިރު އެދެމީހުންގެ ގުޅުން ވަރަށް ސީރިއަސް ކަމަށް މީޑީޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިދެތަރިން ބައްދަލުވެފައިވަނީ މިދިޔަ އަހަރު ނިއުޔޯކްގައި ބޭއްވި ގާލާ އިވެންޓްގެ ތެރެއިންނެވެ. އޭގެ ފަހުން ދެތަރިން އެކުގައި އެކި އިވެންޓްތަކުން ފެނިފައެވެ.


ގުޅުން ހުރި ލިޔުންތައް