twitterviber whatsapp telegramfacebookyoutube instagram
17th September 2026

ސްރީދޭވީގެ ހަނދާނުގައި މުޅި ބޮލީވުޑް

Aug 14, 2018

މިއަދަކީ ބޮލީވުޑްގެ ފުރަތަމަ ސްޕަރޓާރ ގެ މަގާމު ލިބުނު ސްރީދޭވީ ގެ 55 ވަނަ އުފަންދުވަހެެއެވެ. މި ހާއްސަ ދުވަހު މުޅި ބޮލީވުޑް ދަނީ އޭނާގެ ހަނދާން އާ ކުރަމުންނެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސްރީދޭވީ މި އަހަރު ފެބްރުއަރީ 24 ގައި މަރުވި ހަބަރު ވީ މުޅި ބޮލީވުޑް ރޮއްވާލި ހަބަރަކަށެވެ. ސްރީދޭވީގެ އާއިލާއިން އޭނާގެ އުފަންދުވަހަށް ހާއްސަކޮށް ވަނީ ކުޑަ ހަފްލާއެއްވެސް ބާއްވާފަ އެެވެ. އަދި ބޮލީވުޑްގެ ތަރިން ދަނީ އެއާއިލާއަށް ހެޔޮ އެދުމުގެ މެސެޖްތައް ރައްދު ކުރަމުންނެވެ.

މީގެ އިތުރުން އަރަމުން އަންނަ ތަރި ޖާންވީ ވަނީ މި ހާއްސަ ދުވަހު އޭނާގެ މަންމަ ހަނދާނުގައި ހާއްސަ ފޮޓޯއެއްވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

A post shared by Janhvi Kapoor (@janhvikapoor) on Aug 12, 2018 at 12:29pm PDT

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ލިސްޓުން އޭނާ ފުރަތަމަ ޖާގަ ހޯދީ 1978 ގަ އެވެ. އޭނާގެ ކެރިއަރުގެ 50 އަހަރުގެ ތެރޭގައި 150 ފިލްމުގައި މަސައްކަތްކުރި އެވެ. އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި މިސްޓަ އިންޑިއާ އާއި ޗާނދަނީ، ޗާލްބާޒު އަދި ސަދްނާ ހިމެނެ އެވެ.

ސްރީދޭވީ މަރުވެފައިވަނީ އާއިލާގެ ކައިވެންޏަކަށް ހަގު ދަރުފުޅު ހުސީ އާއިއެކު ދުބާއީގައި ހުއްޓާ ބިލިގާ ތެރެއަށް ވެއްޓި ގެބިގެންނެވެ.. .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293