twitterviber whatsapp telegramfacebookyoutube instagram
17th April 2025

ބޮޑު އީދުގައި ހަބޭސް ބޮޑުބެރު ގްރޫޕް ތިލަދުންމައްޗަށް !

Aug 16, 2018

ހަބޭސް ބޮޑުބެރު ގްރޫޕް މިފަހަރު ބޮޑުއީދު ޝޯތައް ހއ. އާއި ހދ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ހަބޭސްގެ ވެރިޔާ ޝިފާއު ( ހަބޭސް އައްޔަ) ބުނީ ފުރަތަމަ އީދު ދުވަހު ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ހއ އުތީމުގައި ކަމަށާއި ދެވަނަ ދުވަހު ހޯރަފުށީގަ ކަމަށެވެ.

އީދު ތިނެއް އަދި ހަތަރުވަނަ ދުވަހު ޝޯ ދޭނެ ރަށްތައް އަދި ފައިނަލް ނުވާ ކަމަށާއި ހއ އަދި ހދ ގެ ރަށްތަކާއެކު ވާހަކަ ދެކެވެމުން ދާކަމަށް ޝިފާއު ބުންޏެވެ. ފަހު ދެދުވަހު ޖުމްލަ 4 ޝޯ ދޭން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ކުޅުދުއްފުށި ހިމެނޭކަމަށްވެސް ޝިފާއު ބުންޏެވެ.

މި ޝޯތަކުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ އިތުރުން އޭގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އާއި ލެވިޓޭޝަން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ، ޝޯތަކަށް ދާ މީހުންނަށް ކޫޕަން ދޫކޮށްގެން އިނާމުތަކެއް ވެސް ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355