ގައުމީ އަންހެން ނެޓްބޯލް ޓީމް ސިންގަޕޫރަށް

ނަބީލާ އިސްމާޢީލް - 2 ހަފްތާ ކުރިން - 1 ސެޕްޓެމްބަރ 2018


ގައުމީ ނެޓްބޯލް ޓީމް //ފޮޓޯ : ނެޓްބޯލް އެސޯސިއޭސަން ފޭސްބްކް ޕޭޖް

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވުމަށް އަންހެން ގައުމީ ނެޓްބޯލް ޓީމް ސިންގަޕޯރ އަށް ފުރައިފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 1 ން 9 އަކަށް ސިންގަޕޯރގެ އޯ.ސީ.ބީ.ސީ އެރީނާގައި އޮންނަ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭ ގައެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޖުމްލަ 12 ގައުމަކުން ބައިވެރި ވެފައި ވެއެވެ.

ޖުމްލަ 4 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފަވާ މި މުބާރާތުގައި ރާއްޖެ ބައްދަލުކުރާ ސްޓޭޖް ގުރޫފު އޭ ގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ މެލޭސިޔާ، ޖަޕާން އަދި ދިވެހި ރާއްޖެ އެވެ. ކޮންމެ ގުރޫޕް ސްޓޭޖެއްގައިވެސް ވާދަ ކުރަނީ 3 ޓީމް އަކުންނެވެ.

ގައުމީ އަންހެން ނެޓްބޯލް ޓިމްގައި ސިންގަޕޯރ އަށް ގޮސްފައިވަނީ 17 މެމްބަރުނެވެ. އެއީ 12 ކުޅުންތެރިންނާއި 5 އޮފިސަލުންނެވެ.