twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެކަށީގެންވާ ފަރުވާދެވިއްޖެނަމަ ރަނގަޅުކުރެވޭނެ، ތުއްތު ރައިޝާއަށް ބޭނުންވަނީ ދީލަތި އެހީއެއް !

Sep 1, 2018

ހދ ކުޅުދުއްފުށީ، ވެލައްސަރު އުމުރުން އެންމެ 2 އަހަރުގެ ރައިޝާ ބިންތި އަހުމަދަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.

އުފެދުމުގައި ހުންނަ އުނިކަަމެއްގެ ސަބަބުން ރައިޝާއަކީ ވާހަކަ ދެއްކުމުންނާއި ހިނގާ ބިނގާވެ އުޅުމުންވެސް މަހުރޫމް ވެފައިވާ ކުއްޖެކެވެ. އަދި އުމުރުން 1 އަހަރުން ފެށިގެން ފިޓް ޖެހުމުގެ މައްސަލަވެސް ރައިޝާއަށް ވަނީ ކުރިމަތިވެފައެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެއާއިލާގެ ފަރާތުން ބުނީ ރައިޝާ އިށީދެ އިންނަ އިރު ފަސް މިނެޓުން ފަސް މިނެޓުން ފިޓް ޖެހޭކަމަށާއި މި ކަންކަމަށް މިހާރު މާލެއިންނާއި ރާއްޖޭން ބޭރުންވެސް ފަރުވާ ހޯދާފައިވާ ކަމަށެވެ.

ފުރަތަމަ ފިޓް ޖެހުމުގެ މައްސަލަ ދިމާވުމުން މާލެއަށް ދެއްކުމުން ބުނީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ކަމަށާއި އެގޮތުން އެފަހަރު އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދައްކާ 1 މަސް ވަންދެން ފަޔަށް އިންޖެކްޝަންވެސް ޖަހާފައިވާ ކަމަށްވެސް އެއާއިލާއިން މައުލޫމާތު ދެއެވެ. އަދި ފިޓް ޖެހުމުގެ މައްސަަލަ ދިމާވާތީ ރައިޝާގެ ފަރުވާއަށް ވަރަށް ބޮޑަށް ވަނީ ހުރަސް އެޅިފަ އެވެ.

ކޮންމެ 3 މަހަކުން 3 މަހަކުން އެ ހޮސްޕިޓަލަށް ދެއްކުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި އިންޑިޔާގެ ކިމްސް ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ނޫންކަމަށްވެސް އެއާއިލާއިން މައުލޫމާތު ދެއެވެ. ބަރާބަރަށް ފަރުވާ ދެވިއްޖެނަމަ ރައިޝާއަށް ހިނގާ، ވާހަކަ ދެއްކޭނެކަމުގެ އުންމީދު ޑޮކްޓަރުން ދެއްވާފައިވާތީ އަދި ވާހަކަ ދެއްކުމަށް ހަދަންޖެހޭ ސްޕީޗް ތެރަޕީ ވާހަކަ ދެއްކެންދެން ހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާތީ ރާއްޖޭ ބޭރަށް ނުގޮސް ތެރަޕީ ހެދެން އަންނަނީ އެންމެ ކައިރިންވެސް ހުޅުމާލެ ހޮސްޕިޓަލުން ކަމަށްވާތީ އެކަމަށްވެސް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށްވެސް އެއާއިލާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރާއްޖޭބޭރަށް ދާ ކޮންމެ ފަހަރަކު ބޮލުގެ އީއީޖީ ޓެސްޓުވެސް ހަދަން ޖެހޭކަމަށާއި އާސަންދަ ނުލިބޭތީ ބޭސް ފަރުވާއަށާއި އިންޑިޔާގައި ތިބުމަށްވެސް ވަރަށް ބޮޑު ހަރަދެއް ހިނގާތީ އެއާއިލާއިން އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށް ވަނީ ނުހަނު ބޭނުން ވެފައެެވެ.

އެއާއިލާއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ރައިޝާގެ ބައްޕަ އަހުމަދު އިބްރާހިމްގެ ބީއެމްއެލްގެ އެކައުންޓް ނަންބަރު 7706343118101 ފައިސާ ފޮނުވުމަށް އެއާއިލާއިން އެދެއެވެ.އިތުރު މައުލޫމާތު ބޭނުންނަމަ ކުއްޖާގެ މަންމަ ސަލްމާގެ މޯބައިލް ނަންބަރު 9885843 ގުޅުވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355