twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހޭންޑް ބޯލް ފެސްޓިވަލް މިމަހު 6 ފަސްކޮށްފި، ޖުމްލަ 10 ޓީމުން ބައިވެރިވެފައިވޭ

Sep 4, 2018

ހޭންޑް ބޯލް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ޑަބްލިޔު ސްޕޯޓްސް އެކަޑަމީ ގުޅިގެން ޖުމްހޫރީ 50 ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހުނު ހޭންޑް ބޯލް ފެސްޓިވަލް ސެޕްޓެމްބަރ 6 ލަސްކޮށްފި އެވެ.

މިހާތަނަށް 10 ޓީމަކުން މި ފެސްޓިވަލްގައި ބައިވެރިވެފައިވާއިރު ފުރަތަމަ މި މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވީ މިިދިޔަ އޮގަސްޓް މަހު 30 ން 1 ސެޕްޓެމްބަރަށެވެ.

ކުޅުދުއްފުށީގެ 7 ޓީމެއް އަދި ރަށުން ބޭރު 3 ޓީމެއް ބައިވެރިވެފައިވާ މި މުބާރާތަކީ މުޅި ހދ އަތޮޅަށް ހުޅުވާލައިގެން އަދި ރަށުން ބޭރު ޓީމުތަކުގެ ހުރިހާ ހަރަދެއް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ދޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެވެ.

މި ފެސްޓިވަލަކީ ހަމަ އެކަނި ފިރިހެނުންނަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލް އެކެވެ.

ޑައުބިއު ސްޕޯޓްސް އެކަޑަމީން އަންނަ ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި ތަފާތު ކުޅިވަރުތަކުގެ ވަރުގަދަ ބޮޑެތި މުބާރާތްތައް ބާއްވަމުންނެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗިން ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާ ފާހަގަ ކޮށްލެވެ އެވެ.

އަދި މި އަހަރު ބޭއްވި ޑަބްލިއު ރަން، އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް، އިންޓަރ އޮފީސް ބާސްކެޓް މުބާރަތް އަދި ސްޓްރީޓް ޗެލެންޖު ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355