twitterviber whatsapp telegramfacebookyoutube instagram
30th March 2026

ފިނޭ ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތް ނޮވެމްބަރުގަ، ބައިވެރިވުމަށް ހުޅުވާލައިފި

Sep 10, 2018

ހދ ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މިދިޔަ 2 އަހަރުވެސް ކުރިއަށް ގެންދިޔަ ފިރިހެނުންގެ ވޮލީބޯޅާ މުބާރާތް އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް އެ ކްލަބުން ނިންމައިފި އެވެ.

ނޮވެމްބަރު 21 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހދ އަތޮޅުގެ ޓީމުތަކަށްވަނީ ހުޅުވާލެވިފަ އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ 20:00 ގެ ކުރިން ސިޓީ ހުށައެޅުމަށް އެ ކްލަބުން އެދެއެވެ. މުބާރާތުގައި ބައިވެރިވުމަށް ފީ އަކީ އެއްހާސް ރުފިޔާއެވެ.

މިިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ ނޮޅިވަރަމް ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7949155، 9954888 ނުވަތަ 9948845 ނަންބަރާ ގުޅުއްވުމަށް އެބްލަބުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355