twitterviber whatsapp telegramfacebookyoutube instagram
25th April 2024

މީރާގެ ކަލެކްޝަން ސެންޓަރެއް އުނގޫފާރުގައި ހުޅުވައިފި

Sep 11, 2018

ރ. އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެކެވެ.

އުނގޫފާރުގައި މީރާގެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ގާތުން ލިބި، އެ ފަރާތްތަކަށް ބޭނުންވާ އެހީރެތެރިކަން ފަސޭހަކަމާއި އެކީ ފޯރުވައިދެވޭނެކަމަށެވެ.

އަދި، އެއްވެސް ހާލެއްގައި ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ދަތިކޮށް، ނުއުފުލޭވަރުގެ ބުރައެއް ޖެއްސުމަކީ މީރާގެ މަގްސަދެއް ނޫންކަމާއި، ކުދި ވިޔަފާރިތަކަށް ޤާނޫނާ ގަވާއިދުގެ ތެރެއިން ދެވެންހުރި ހުރިހާ ލުއިތަކެއް ދީ، އެހީތެރި ވެދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ހާއްސަ ކެމްޕޭނުގެ ދަށުން، އޮކްޓޯބަރު 27 ގެ ނިޔަލަށް ޓެކުހާ ގުޅޭ އެންމެހާ ޖޫރިމަނާތައް މާފުކޮށްދެމުން އެބަ ގެންދަވާކަން ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355