twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގެ އެންމެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށް ކުޅުދުއްފުށީގެ އެތުލީޓުން ފަހުރުވެރި ކާމިޔާބީއެއް !

Sep 15, 2018

ރާއްޖޭގެ އެންމެ ވަރުގަދަ އެތުލީޓުންނަށް ދައުވަތުދީގެން ފުރަތަމަ ފަހަރަށް ބޭއްވި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުން ކުޅުދުއްފުށީގެ އެތުލީޓުން ފަހުރުވެރި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

“ޖުމްހޫރީ 50 ގްރޯން ޕްރީ” ގެ ނަމުގައި މިމަހު 13 ން 14 އައްޑޫގައި ބޭއްވި މި މުބާރާތުގައި ކުޅުދުއްފުށިން ޖުމްލަ 10 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. އެއީ 6 ފިރިހެން 4 އަންހެން އެތުލީޓުންނެވެ.

މި މުބާރާތުގައި ބޭއްވުނު އިވެންޓުތަކަކީ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު 3000 މީޓަރު ދުވުމާއި ލޯންގް ޖަމްޕެވެ.

އެގޮތުން ކުޅުދުއްފުށީގެ އެތުލީޓުން ވަނީ 3 ގޯލްޑް މެޑަލްއާއި 2 ސިލްވާ އަދި 3 ބްރޮންޒް މެޑަލް ހޯދާފަ އެވެ. މިމުބާރާތުގައި ކުޅުދުއްފުށީގެ އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓުންވެސް ވާދަކުރި އެވެ.

މިމުބާރާތުގައި މަޝްހޫރު ދުވުންތެރިޔާ ނަޝާ ނިޒާރު ވަނީ އަންހެނުންގެ ބައި ފަހުރުވެރި އެއްވަނަ ހާސިލްކޮށްފަ އެވެ. އޭނާ ވަނީ ރާއްޖޭގެ ބާރު ދުވުންތެރިންނާ ވާދަކޮށް 100 މީޓަރު އަދި 200 މީޓަރު އަންހެން ކުދިންގެ ދުވުމުން ގޯލްޑް މެޑަލް ހޯދާފަ އެވެ.

800 މީޓަރު ފިރިހެން ކުދިންގެ ދުވުމުން ހުސެއިން ރިޒާ ގޯލްޑް މެޑަލް ހޯދާފައިވާއިރު 1500 މީޓަރު ދުވުމުން އޭނާ ވަނީ ސިލްވާރ މެޑަލް ހޯދާފަ އެވެ. މީގެ އިތުރުން 100 މީޓަރު ފިރިހެން ކުދިންގެ ދުވުމުން އުންމީދީ އެތްލިޓް އަހުމަދު އަނޫފްވެސް ވަނީ ސިލްވާރ މެޑަލް ހޯދާފަ އެވެ.

ޖުމްހޫރީ 50 ނޭޝަނަލް ގްރޯންގައި ވާދަކުރި ކުޅުދުއްފުށީގެ އެތްލީޓުންގެ ތެރެއިން މެޑަލް ހޯދި އެތްލީޓުން– ފޮޓޯ: އަލީ ޝަރީފް

400 މީޓަރުން ފިރިހެން ކުދިންގެ ދުވުމުން އަފީފުއްދީން ސްކޫލުގެ އަރަމުން އަންނަ ދުވުންތެރިޔާ އިފްރާން އަބޫބަކުރު އަދި 200 މީޓަރު ފިރިހެން ކުދިންގެ ދުވުމުން އަހުމަދު ޝާމް ވަނީ ބްރޮންޒް މެޑަލް ހޯދާފަ އެވެ. އަންހެން ކުދިންގެ ލޯންޖް ޖަމްޕުން ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ހދ އޭއީސީ ރިފާ މުހައްމަދު ވަނީ ބްރޮންޒް މެޑަލް ހޯދާފަ އެވެ.

މިމުބާރާތުގައި ކުޅުދުއްފުށިން ވާދަކުރި އެތުލީޓުންގެ ތެރެއިން އެންމެ ދަށުން ވަނަ ލިބިފައިވަނީ 6 ވަނަ އެވެ. މިމުބާރާތުގައި ހދ މަކުނުދޫ ސްކޫލުގެ ދެ އެތްލީޓަކުންވެސް ވަނީ ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފަ އެވެ. އެއީ ރައުދާ މޫސާ އާއި އަޒްލީނާ އިބުރާހިމެވެ. ރައުދާ ސިލްވާ މެޑަލް ހޯދިއިރު އަޒްލީނާވަނީ ބްރޮންޒް މެޑަލް ހޯދާފަ އެވެ.

ގްރޯން ޕްރީއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަދި ސަރަހައްދުތަކުގައި މަތީ ފަންތީގެ އެތުލީޓުންނަށް ދައުވަތު ދީގެން އެގައުމެއްގައި ނުވަތަ ސަރަހައްދުތަކުގައި ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355