twitterviber whatsapp telegramfacebookyoutube instagram
28th October 2025

ހދ ގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ސްޕޮންސަރކުރުމަށް ހުޅުވާލައިފި

Oct 4, 2018

ހދ. ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ފިރިހެން ވޮލީބޯޅަ މުބާރާތް ސްޕޮންސަރކުރުމަށް ހުޅުވާލައިފި އެވެ.

ހދ އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ސްޕޮންސަރކުރުމަށް ބޭނުންވާ ފަރާތްތަކުން 7949155 ނުވަތަ 9954888 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެފަރާތުން އެދެ އެވެ.

ފިނޭގައި ބާއްވާ މިމުބާރާތުގައި ހދ އަތޮޅުގެ 9 ރަށަކުން 10 ޓީމެއް މިމުބާރާތުގައި ބައިވެރިވެފައިވެ އެވެ.

އެއީ ނޭކުރަންދޫ، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ވައިކަރަދޫ (ވާޑްސް)، ނާވައިދޫ، ހަނިމާދޫ، ނޮޅިވަރަމް، ކުޅުދުއްފުށި އަދި ކުމުންދޫ އެވެ. ފިނޭން މިމުބާރާތުގައި ދެ ޓީމެއް ނިކުމެ އެވެ. އެއީ ފިނޭ ފްރެންޑްސް އާއި ކުލަބު ބެސްޓް ފެމެލީ އެވެ.

ނޮވެމްބަރު 21 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިދިޔަ ދެ އަހަރުވެސް ކުރިއަށްގެންގޮސްފައިވެ އެވެ.

މިިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ ނޮޅިވަރަމް ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355