twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި ޕަބުޖީ މުބާރާތެއް ބާއްވައިފި

Oct 14, 2018

ޒުވާނެއް އިސްނަގައިގެން ކުޅުދުއްފުށީގައި “ޕަބުޖީ” މުބާރާތެއް ބާއްވައިފި އެވެ. އޮންލައިންކޮށް ކުޅޭ މިގޭމަކީ ގިނަ ބައެއްގެ މެދުގައި ސަމާލުކަން ހޯދަމުން އަންނަ ގޭމެކެވެ.

ރައްޓެހިގެން މެދުގައި ފޫހި ފިލުވާލާއި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން މަޖަލަށް ކުޅެން ފެށި މިކުޅިވަރުގެ ފޯރި ހިފާ މިހާރު މިވަނީ މިގޭމް މުބާރާތުގެ ފުރަތަމަ ސީޒަން ބާއްވާފަ އެވެ.

” މަޖަލަކަށް ފެށީ ރައްޓެހިންނާއެކު ދެން ފަހުން އެންމެންގެ މެދުގަ ވަރަށް ކިކް އައިސްގެން ކުޅުނީ. ދެން މަ ހިތަށް އެރީ ސީޒަންއެއް ހަދަން.” މިމުބާރާތް ފެށުނުގެ ގޮތުގައި ވާހަކަ ކިޔައިދެމުން މިމުބާރާތުގެ އިންތިޒާމްކުރި ޖައުފަރު އަލީ (ޖައު ޕިކްސް) ބުންޏެވެ.

ހަމައެކަނި ކުޅުދުއްފުށީ މީހުންނަށް ހުޅުވާލައިގެން މިދިޔަ އޯގަސްޓްމަހު ފެށި މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ލޯންގް ޝޮޓެވެ. 8 ޑަބިޔާ ސްކޮޑް ސީޒަން 1 ގެ ނަމުގައި ކުރިއަށްގެންދިޔަ މިމުބާރާތް ކުރިއަށްގެންދިޔައީ ކޮންމެ ޓީމެއްގައި ހަތަރު ކުޅުންތެރިން ހިމަނައިގެންނެވެ. 24 ޓީމް މި މިމުބާރާތުގައި ބައިވެރިވެފައިވެ އެވެ.

މި ސީޒަން ނިމުމަށް ބޭއްވި ހަފްލާގެ ތެރެއިން–

އޮންލައިންކޮށް މި ގޭމް ކުޅެގެންވެސް ޗެމްޕިއަން ޓީމަށް ލިބޭ “ޗިކަން ޑިނާ” އެއް އަސްލަށްވެސް މިމުބާރާތުގެ ޗެމްޕިއަން ޓީމަށް  ލިބިގެންގޮސްފައިވެ އެވެ.

މިމުބާރާތުގެ އެންމެ ގިނަ މީހުން މެރި ކުޅުންތެރިޔާއަކަށް ހޮވުނީ ޓީމް ގަނދަކޯޅިގެ މުހައްމަދު ނިޝާނެވެ. އޭނާވަނީ 30 މެޗުގައި 64 މީހުން މަރާލާފަ އެވެ. ނިމި މިދިޔަ ސީޒަންގައި 24 ޓީމްވަނީ ވާދަކޮށްފަ އެވެ.

ޑަބުލިއު ކުރާޕްޓް ސްޕޮންސަރ ކުރި މި ސީޒަންއަކީ ވަރަށް ކާމިޔާބު ސީޒަންއެއްކަމަށް ޖައުފަރު ބުންޏެވެ. އެހެންވެ މި ސީޒަންއަށް ލިބުނު ތަރުހީބުގެ ސަބަބުން އިތުރު ސީޒަންތަކެއް ބާއްވަން ނިންމާ، އިތުރު ސީޒަންތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން 53 ޓީމާއެކު ސީޒަން 2 މާދަމާ ފަށަން މިހާރުވަނީ ތާވަލްކޮށްފަ އެވެ. މި ސީޒަން ކުރިއަށްދާނީ ޓީމެއްގައި ދެ ކުޅުންތެރިން ހިމަނައިގެންކަމަށް ޖައުފަރު ބުންޏެވެ.

ޖައުފަރު ބުނީ މިއަންނަ ނޮވެމްބަރުމަހު ޕަބުޖީ މުބާރާތުގެ “ސްޕްރީމް ސްކޮޑް” ކިޔާ ސީޒަން ފެށޭނެކަމަށެވެ. އެ ސީޒަންގައިވެސް ބައިވެރިވެވޭނީ ކުޅުދުއްފުށީ ރައްޔިތުންނަށްކަމަށް އޭނާ މައުލޫމާތުދިނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕަބުޖީ މުބާރާތެއް ބާއްވާނެކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ ސީޒަން ނިމުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން، ޗެމްޕިއަން ޓީމްގެ ބައިވެރިން ޗިކަން ޑިނާއަށް އިންސާފުކުރަނީ–

ޖައުފަރު ބުނީ މިމުބާރާތުގެ ސީޒަންތައް ކުރިއަށްގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން އަހުމަދު އާދަމް އާއި 8 ޑަބިޔާގެ މެމްބަރުން އޭނާވަނީ ޝުކުރުއަދާކޮށްފަ އެވެ. ކުރިއަށް ހުރި ސީޒަންތަކުގެ މައުލޫމާތު 8 ޑަބިޔާ ޕޭޖުން ލިބިގެންދާނެކަމަށް ޖައުފަރު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355