twitterviber whatsapp telegramfacebookyoutube instagram
19th March 2026

އަންހެން ފުޓްސަލް މުބާރާތުގައި 8 ޓީމުން ބައިވެރިވެއްޖެ

Oct 24, 2018

ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އޮކްޓޯބަރު 22 ހަމަވެފައިވާއިރު ބައިވެރިވެފައިވަނީ ކުޅުދުއްފުށީ 7 ޓީމަކާއި ރަށުން ބޭރު 1 ޓީމެކެވެ.

ބައިވެރިވި ޓީމުތަކަކީ ކޭވައިއާރުސީ، އައްޒަ77، އަމީރު އަމީން ސްކޫލް، އަފީފުއްދީން އެސްއާރުސީ، މަގުލަސް ކްލަބް، ކްލަބު ކޮރަލްސް، ޓީމް އެއީސީ އަދި ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ގަ އެވެ. މެޗުތަށް ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގަ އެވެ.

މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދަ މި މުބާރާތުގައި މިދިޔަ އަހަރުވެސް ވަނީ8 ޓީމަކުން ބައިވެރި ވެފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޭވައިއާރުސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355