twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޭކުރަންދޫގައި ބާއްވާ އަގުބޮޑު ފުޓްބޯޅަ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެ

Nov 4, 2018

ހދ އަތޮޅަށް ހުޅުވާލައިގެން މިއަތޮޅު ނޭކުރަންދޫގައި ބާއްވަމުންދާ ޑެކަގަން ކަޕްގައި 8 ޓީމެއް ބައިވެރިވެއްޖެ އެވެ.

ބައިލައްކަ ރުފިޔާއަށް ވުރެ އަގުބޮޑު މިމުބާރާތްތަކީ އެރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ އަގުބޮޑު މުބާރާތެކެވެ.

މުބާރާތުގެ ކޯޑިނޭޓަރ އަބުދުލް މުހައިމިނު ކޭއޯއަށް ވިދާޅުވީ މިއަހަރުގެ މުބާރާތްތަކީވެސް ފޯރިގަދަ މުބާރާތްތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިދިޔަ އަހަރަށްވުރެ މުބާރާތުގެ އިންތިޒާމުތައް ރަނގަޅުވާނެކަމަށެވެ.

ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންވެސް މިއަހަރުގެ މުބާރާތުން ފެންނާނެ ކަމަށާއި ކުރީ އަހަރާއި ހިލާފަށް މިއަހަރު ނޭކުރަންދޫން ނެރޭ ޓީމުތަކުން ކުޅުންތެރިން ގެނައުމަށް ބޮޑެތި ހޭދަކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ޑިސެމްބަރުގައި ފަށަން ތާވަލުކޮށްފައިވާ މިމުބާރާތުގައި އަތޮޅުތެރޭއިން  ބައިވެރިވެފައިވަނީ ތިން ރަށްށަކުންނެވެ. އެ ޓީމްތަކަކީ ކުޅުދުއްފުށީ ހިރަފުސް، ކުމުންދޫ، ކުރިނބީ އެވެ. ނޭކުރަންދޫން ފަސް ޓީމެއް ނެރެ އެވެ. އެއީ އެކްސް ޒީރޯ، މާޒިން، ޓީމް ރުއްގަނޑު، ކުލަބު ސިވިކް އަދި ސެނޮން އެވެ.

ނޭކުރަންދޫ ޑެކަގަން ކަޕް: ޗެމްޕިއަންކަން ހިރަފުސް، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ބިގޭ

މިއަހަރުގެ ޗެމްޕިއަން ޓީމަށް 35000ރ ދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބައިވެރިވާނެ އެވެ.

ޑަކަގަން ސްޕޯޓްސް ކުލަބަކީ އެރަށުގެ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކުލަބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355