ފޯރިގަދަ އަންހެން ފުޓްސަލް ފަށައިގެން ކުރިއަށް، މެއިން ސްޕޮންސަރއަކީ ފެމެލީ ބޭކަރީ!

އަބްދުލް ވާހިދު ޙަސަން - 1 ހަފްތާ ކުރިން - 5 ނޮވެމްބަރ 2018



ޑަބުލިއު ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އަންހެން ފުޓްސަލް މުބާރާތް ފަށައިގެން ކުރިއަށް އެބަދެ އެވެ. މިއަހަރު މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ފެމެލީ ބޭކަރީ އެވެ.

މިމަހުގެ ތިންވަނަ ދުވަހުގެ ރޭ މެޗުތައް ފަށާފައިވާއިރު މުބާރާތުގައި 7 ޓީމެއް ވާދަކުރެ އެވެ. ކޭވައިއާރުސީ، އައްޒަ77، އަމީރު އަމީން ސްކޫލް، އަފީފުއްދީން އެސްއާރުސީ، މަގުލަސް ކްލަބް، ކްލަބު ކޮރަލްސް، އަދި ޓީމް އެއީސީ އެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން–

ރެއަކު ދެ މެޗު ކުޅެމުންދާއިރު ފުރަތަމަ ރޭ ބައްދަލުކުރީ މަގުލަސް ކުލަބާއި ކުލަބް ކޮރަލްސް އެވެ. މި މެޗު ކާމިޔާބުކުރީ 0-2 ނަތީޖާއަކުން މަގުލަސް އެވެ. އެ ރޭ ބައްދަލުކުރި ދެވަނަ މެޗުގައި ޓީމް ކޭވައިއާރުސީ މައްޗަށް 2-4 ގޯލްގެ ތަފާތަކުން ކާމިޔާބުކުރީ ޓީމް އޭއީސީ އެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން–

މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ކޮންމެ ރެއަކުވެސް ތަރުހީބު ދިނުމަށް ދަނޑަށް ވަދެ އެވެ. ސްޓޭޑިއަމްގެ ޓާފް ގުރާސް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ. ފައިނަލް މެޗު އައިސް ޓީވީ ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.


ގުޅުން ހުރި ލިޔުންތައް