twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތް: ސެމީގެ ފުރަތަމަ ޖާގަ ހަނިމާދޫ އަދި ކުޅުދުއްފުށި

Nov 27, 2018

ހދ އަތޮޅުގައި ކުޅޭ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް، ފިނޭ ވީއެސްއާރު ވޮލީ މުބާރާތުގައި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫ އާއި ކުޅުދުއްފުށީ ހޯދައިފި އެވެ

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ގުރޫޕް ބީ ގެ މެޗުތައް ނިމިފައިވާއިރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ ހަނިމާދޫ އެވެ.

ދެވަނާގައި 6 ޕޮއިންޓާއެކު ކުޅުދުއްފުށި އޮތްއިރު ތިން ޕޮއިންޓާއެކު ތިންވަނާގައި އޮތީ ފިނޭ ބެސްޓް ފެމެލީ އެވެ. ގުރޫޕް ބީ ގެ އެންމެ ފުލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނާވައިދޫ ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.

ގުރޫޕްގެ އޭ ގެ މެޗުތަކަށް ބަލާލާއިރު އަދި އެންމެ ކުރީގައި އުޅެނީ ނޮޅިވަރަންފަރެވެ. އެއީ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެންނެވެ. އެއަށްފަހު ފިނޭ ޕްރެންޑްސް ފަސް ޕޮއިންޓާއެކު ދެވަނަ ހޯދާފައިވާއިރު ނޮޅިވަރަމް އުޅެނީ ހަތަރު ޕޮއިންޓާއެކު ތިންވަނާގަ އެވެ. މިއި ތިން ޓީމުވެސް އެއް މެޗު ކުޅޭއިރު ފައިނަލް ނަތީޖާ އެނގިގެންދާނީ އެއަށް ފަހު އެވެ.

ގުރޫޕް އޭ ގެ ތިން މެޗު ކުޅުނު ޓީމްތަކަށް ބަލާލާއިރު ކުޅުނު އެއް މެޗުން މޮޅުވެ ދެ ޕޮއިންޓް ލިބިފައިވަނީ ވައިކަރަދޫއަށެވެ. ގުރޫޕް އޭ ގެ އެންމެ ފަހަތުގައި އުޅެނީ ކުމުންދޫ އެވެ. ކުމުންދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން–

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މި މަހު 29 ގައި ފަށާއިރު ފައިނަލް މެޗް އޮންނާނީ 2 ޑިސެމްބަރު ގަ އެވެ.2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ނޮޅިވަރަމްގެ ޓީމެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މިމުބާރާތަކީ ހދ ފިނޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފިރިހެން ވޮލީބޯޅަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355