twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައިވެނި ކުރަން މިހާރު ތައްޔާރު: އަރްޖުން

Nov 28, 2018

ބްލީވުޑަށް މި ދުވަސްކޮޅަކީ އުފާވެރި ދުވަސް ކޮޅެކެވެ. ރަންވީރާއި ދިޕިކާގެ ކައިވެނި މީގެ ދުވަސްކޮޅެއް ކުދިން ކޮށްފައިވާ އިރު ޕްރިޔަންކާ އާއި ހޮލީވުޑްގެ ލަވަކިއުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި އޮތީ ކުރިއަށެވެ.

އަދި މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަނީ އަރްޖުން އާއި މަލައިކާގެ ގުޅުމުގެ ވާހަކަ އެވެ. ރިޕޯޓުތަކުން ބުނާގޮތުން މި ދެމީހުންގެ ކައިވެނި އަންނަ އަހަރު ކުރެވިގެން ދާނެއެެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ހަމަސް ވެފައިވާއިރު މިހާތަނަށް އެއްވެސް ތަރިއެއް މި ގުޅުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އެެހެންނަމަވެސް މި ދެތަރިން ކެއުންތަކުންނާއި، ހަފްލާތަކުންވެސް ދަނީއެކުގައި ފެންނަމުންނެވެ. ދާދި ފަހުން ކަރަންޖޯރަހުގެ ޗެޓް ޝޯގައި ވާހަކަ ދައްކަމުން އަރުޖުން ވަނީ އޭނާ ސިންގަލް ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް ޝޯގައި އޭނާގެ ލޯބިވެރިޔަކީ މަލައިކާގެ ކަން ބުނެފައެއް ނުވެއެވެ.

ކަރަން ކުރި ސުވާލަކަށް ޖަވާބުދެމުން އަރުޖުން ބުނީ މިދިޔަ ހަމަސް ދުވަހަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަސްކޮޅެއްކަމަށާއި ރަހުމަތްތެރިކަމުގެ ގުޅުމަކީ ކިހާ މުހިއްމު ގުޅުމެއްކަން އެދުވަސް ކޮޅުގެ ތެރޭގައި ދަސްވެއްޖެ ކަމަށެވެ. އަދި ކޮންމެ މީހެއްގެ ހަޔާތުގައި އެމީހަކު އުފާވާ ކަންކަން ބޭނުންވާނެ ކަަމަށާއި އުފާވެރިކަން ލިބިދޭ ކަމެއްގައި ހިފަހައްޓަން ޖެހޭކަމަށެވެ. އެކަން މި ހަމަސް ތެރޭ ދަސްވެގެން ގޮސްފިކަމަށް އަރުޖުން ބުންޏެވެ.

ކައިވެންޏަށް ތައްޔާރުތޯ ކަރަން އެހުމުން އަރުޖުން ބުނީ ކުރިން ތައްޔާރު ނޫންކަމަށާއި އެހެންނަމަވެސް މިހާރު މިހުރީ ތައްޔާރަށް ކަަމަށެވެ. ދާދިފަހުން މި ދެތަރިން ވަނީ އެކުގައި ހިއްސާެވެގެން އެޕާޓްމެންޓެއްވެސް ގަނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355