twitterviber whatsapp telegramfacebookyoutube instagram
17th April 2025

ރެޑް ކާޕެޓް އިވެންޓަކާއެކު “ކަނޑު އިބިލީސް” ތިލަދެނުނު ސިނަމާއަށް

Nov 29, 2018

އިސްމާއިލް ރަޝީދު ( ކޮޕީ އިއްސެ ) ޑައިރެކްޓް ކުރާ ފިލްމް ކަނޑު އިބިލީސް އަންނަ ޑިސެމްބަރު 5 ގައި ކުޅުދުއްފުށީ، ތިލަދެކުނު ސިނަމާގައި އަޅުވާ ގޮތަށް ހަމައްސައިފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލުމްގެ ބޮޑުބައި ކުޅެފައިވަނީ ކުޅުދުއްފުށީގައި އެވެ. އަދި އެރަށުގެ ގިނަ ބަޔަކުވެސް މި ފިލުމުން ފެނިގެންދާނެ އެވެ.

ކުޅުދުއްފުށީގައި މި ފިލުމް އެޅުވުމަށް އިސްކޮށް އުޅޭ ފަރާތެއް ބުނީ މި ފިލުމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހު 5 ވަނަ ދުވަހު ހަވީރު 16:00 ގައި ކުޅުދުއްފުށީ، ތިލަދެކުނު ސިނަމާގައި ކަމަށެވެ.

ކަނޑު އިބިލީސް ޝޫޓިންގެ ތެރެއިން–

މި ފިލްމްގެ ޓިކެޓް 50ރ އަށް މިއަދު ވިއްކަން ފަށާފައިވާއިރު ޓިކެޓް ވިއްކަމުންދަނީ އޮޓޯ ސޭވް ޕްރޮޑަކްޝަނުނެވެ. ފިލުމަށް ތަރުހީބު ލިބޭ ވަރަކުން ޝޯ ބާއްވާނެކަމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތަކުން މައުލޫމާތުދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355