twitterviber whatsapp telegramfacebookyoutube instagram
30th March 2026

އެންމެ ބޭނުންވީ ތަށި ރަށަށް ގެންނަން، ވަރަށް އުފާވެއްޖެ: ޓީސީ އިއްބެ

Dec 17, 2018

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިޔާ އަތުން ރާއްޖެ މޮޅުވެ ޓީމްގައި ހިމެނޭ ކުޅުންތެރިންގެ އުފަން ރަށަށް ތަށި ގެންދިއުމުގެ ދަތުރުގައި އިބްރާހިމް ވަހީދު (ޓީސީ އިއްބެ) ނިސްބަތްވާ ނޮޅިވަރަންފަރަށް ތަށި ގެންގޮސްފި އެވެ.

މިިދިޔަ ހުކުރު ދުވަހު ތަށި ހިފައިގެން އިއްބެ ދިއުމާއެކު ރައްޔިތުންގެ ފަރާތުން ހޫނު ވަނީ މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

އިއްބެ އުފަން ރަށުގައި އޭނާގެ މަންމަ އާއި ބައްޕައާއެކު–ފޮޓޯ: ގައުމީ ޓީމް

ކޭއޯއާއި ވާހަކަ ދައްކަމުން އިއްބެ ބުނީ ރަށަށް ތަށި ހިފައިގެން އާދެވުމުން ވަރަށް އުފާވި ކަމަށާއި އެންމެ ބޭނުމީ ރަށަށް ތަށި ގެނައުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބުވެސް އިއްބެ ފާހަގަ ކުރިއެވެ.

ނޮޅިވަރަންފަރުގައި މި އުފާ ފޯރީގައި ފާހަގަ ކޮށްފައިވާއިރު ތައްޓާއެކު ފޮޓޯ ނެގުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އިއްބެ އުފަން ރަށް، ނޮޅިވަރަންފަރުގައި ތައްޓާއެކު–ފޮޓޯ: ގައުމީ ޓީމް

މި އަހަރުގެ ސާފް ޗެމްޕިއަންޝިފް ގައި އިންޑިއާ އަތުން ރާއްޖެ ކުރި ހޯދީ 1-2 ނެވެ. 2008 ވަނަ އަހަރުގެ ސާފް ޗެންފިއަންޝިޕްގައި ވެސް ރާއްޖެ މޮޅުވީ އިންޑިއާ އަތުންނެވެ. އެފަހަރުވެސް ޓީމްގެ ކުޅުންތެރިންގެ އުފަން ރަށަށް ޓްރޮފީ ގެންގޮސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355