twitterviber whatsapp telegramfacebookyoutube instagram
30th March 2026

ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ ބެޑްމިންޓަން މުބާރާތް ފެށިގެން ކުރިއަށް

Dec 24, 2018

ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓް އެކަޑެމީން އިސްނަގައިގެން ކުރިއަށް ގެންދާ ބެޑްމިންޓަން މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމަހު 21 ވަނަ ދުވަހު ފެށި މި ކުރިއަށްގެންދާ މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސްގެ މީހުންނަށް ކުޅެވޭގޮތަށް ހުޅުވާލި މުބާރާތެކެވެ. އެގޮތުން ޑަބަލް އަދި ސިންގަލްކޮށް ކުރިއަށްދާ މި މުބާރާތުގައި އަންހެން ސިންގަލްސްގައި 5 އަދި ޑަބަލްގައި 4 ޕެެއާރ ބައިވެރިވެފައި ވެއެވެ. އަދި ފިރިހެން ސިންގަލްސްގައި 17، ޑަބަލްސްގައި 12 ޕެއާރ ބައިވެރިވެފައިވާއިރު މިކްސް ޑަބަލްސްގައި 6 ޕެއާރ ބައިވެރި ވެފައިވެއެވެ.

ކުޅުދުއްފުށީ ސްޓޭޑިއަން އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ރޭ އަންހެން ކެޓަގަރީ އަދި މިކްސް ޑަބަލްސް ގެ ފައިނަލް މެޗުތައް ވަނީ ބާއްވާފަ އެެވެ. އަދި މިރޭ ފިރިހެނުންގެ ފައިނަލް މެޗުތައް ކުރިއަށް ދާނެއެވެ.

މި މުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގައި ބެޑްމިންޓަން އިތުރަށް އާލާކޮށް، ރަށުގެ ރައްޔިތުންނަށް މި ކުޅިވަރު ތައާރަފްކޮށް، އެކުވެރިކަމާއެކު މިކުޅިވަރު ކުޅެވޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އެ އެކަޑަމީން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ޑަބްލިއު ސްޕޯޓުންވަނީ ކުޅުދުއްފުށީ އޮފީސްތަކަށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355