ޑަބްލިއު ސްޕޯޓް އެކަޑެމީ އާއި ބެޑްމިންޓަން އެސޯސިއޭޝަންއާ ގުޅިގެން ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ބެޑްމިންޓަން މުބާރާތުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ މުޒުނާ ހަސަން އެވެ. ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭގަ އެވެ.
މުޒުނާ ހޯދި ކާމިޔާބީތަކަށް ބަލާއިރު އަންހެން ސިންގަން ޗެމްޕިއަންކަމާއި ޑަބަލްސްގެ ޗެމްޕިއަންކަން އަދި މިކްސް ޑަބަލްސްގެ ރަނަރަފް ހޯދާފައިވެ އެވެ.
މުޒުނާ ކާމިޔާބު ކޮށްފައިވަނީ ސަރޫނާ މުހައްމަދާ ބައްދަލު ކޮށެވެ. މުޒުނާ އާއި އައިޝަތު ހަސަންގެ ޕެއާރ އަންހެން ޑަބަލްސްގައި ޗެމްޕިއަންކޮށް ހޯދީ ސަރޫނާ އާއި ޝަޒުނާއާ ބައްދަލުކޮށެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަންވަރު މޫސާ ހޯދިއިރު އޭނާއާ ވާދަކޮށްފައިވަނީ މުހައްމަދު އާދަމް(މޮނޯ) އެވެ. ފިރިހެން ޑަބަލްސްގައި މޮނޯ އާއި އަހުމަދު އަލީގެ ޕެއާރގައި މައްޗަށް ކުރި ހޯދައިގެން ޗެމްޕިއަންކަން ހޯދީ ހުސައިން އަލީ އާއި އަބުދުލް ހަމީދު އަލީގެ ޕެއާރ އެވެ.
ފިރިހެން ބައިގެ ޗެމްޕިއަން އަންވަރު މޫސާ–
މިކްސް ޑަބަލްސްގައި މުހައްމަދު އާދަމް (މޮނޯ)، އުލްފާ އަބްދުލް ލަތީފު، ހަސަން އަލީ އަދި މުޒުނާ ހަސަން ބައްދަލުކޮށް ކާމިޔާބުކޮށްފައިވަނީ މުހައްމަދު އާދަމް(މޮނޯ) އަދި އުލްފާ އަބުދުލް ލަތީފެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި އަންހެން ސިންގަލްސްގައި 5 އަދި ޑަބަލްސްގައި 4 ޕެެއާރ ވަނީ ވާދަކޮށްފައެވެ. އަދި ފިރިހެން ސިންގަލްސްގައި 17، ޑަބަލްސްގައި 12 ޕެއާރ ކުޅިފައިވާއިރު މިކްސް ޑަބަލްސްގައި 6 ޕެއާރ ބައިވެރިވާދަކުރި އެވެ.
ބެޑްމިންޓަން މުބާރާތުގެ ތެރެއިން–
މުބާރާތް ނިންމާ ރޭ ވަނީ ވަނަތަކަށްދިޔަ ކުޅުންތެރިންނަށް ޝީލްޑް އާއި ޓްރޮފީ އަދި އިނާމު ހަވާލުކޮށްފަ އެވެ.