twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނޯޓުފޮތް: ކުޅުދުއްފުއްޓާއި ގުޅޭ ވާހަކައެއް !

Feb 11, 2019

ލިޔުނީ: ޢ.އ

އޮޅުވައިނުލާނެ ކަމަށް ހީކުރަމެވެ. މި ދައްކަނީ، ބުދެއް ބަހައްޓާ ވާހަކައެއްނޫނެވެ. އެކަމަކު ކުޅުދުއްފުށީގެ ވާހަކައެވެ.

ދުނިޔޭގެ އެންމެ އުސް ސްޓެޗޫ (މޮނިއުމެންޓުގެ ގޮތުގައި ބަހައްޓާ ސޫރަ)ކަމަށްވާ ސަރުދާރު ވައްލަބާއި ޕަޓޭލްގެ ސްޓެޗޫ ހުރީ އިންޑިޔާގައެވެ. އިންޑިޔާގެ ގުޖުރާތުގައެވެ. މި ސްޓެޗޫ ބެހެއްޓުމާއެކު، މިތަނަށް މީހުން ޒިޔާރަތްކުރުންވަނީ ގިނަވެފައެވެ.

ކިނބޫ އުޅޭ ފެންގަނޑެއްގައި ބަހައްޓާފައިވާ މި ސްޓެޗޫއަށް ޒިޔާރަތްކުރަންދާ މީހުންނަށް ފަސޭހަކުރުމަށް ސީޕްލޭން ޖައްސާ ކަނދުފަތި އެޅުމަށް މިހާރުވަނީ ނިންމާފައެވެ. ވީމާ، ފެންގަނޑުގައި އުޅޭ ކިނބޫތައް ދެން ޖެހޭނީ އެހެން ތާކަށް ގެންދާށެވެ.

ސަރުދާރު ވައްލަބާއި ޕަޓޭލްގެ ސްޓެޗޫ ހުރިތަނަކީ، މީގެ ކުރިން މާގިނަ މީހުން ގޮސް އުޅުނު ތަނެއް ނޫނެވެ. ނަމަވެސް ސްޓެޗޫ ބެހެއްޓުމާއެކު މީހުން ޝައުގުވެރިވާ ތަނަކަށް  އެތަން ބަދަލުވެ އެތަނަށް ދާންބޭނުންވާ މީހުންގެ ޢަދަދު ގިނަވީއެވެ.

މީހުން ރަށްރަށަށް ޒިޔާރަތްކުރާ އެއް ސަބަބަކީ އެތަނެއް ތަފާތުވެފައި ޝައުގުވެރިވީމައެވެ. ކުޅުދުއްފުއްޓަށް ގިނައިން މީހުން ޒިޔާރަތްކުރާނަމަ، ރަށުގެ އިގުތިސޯދު ރަނގަޅުވާނެއެވެ. ވަންނަ ފައިސާ އިތުރުވާނެއެވެ. ނަމަވެސް ކުޅުދުއްފުޓަށްވެސް މީހުން ޒިޔާރަތްކުރާނީ، އެރަށް، އެހެން ރަށްރަށަށްވުރެ ޝައުގުވެރި ނަމައެވެ.

ކުޅުދުއްފުށީގެ ފަޅާއި، އެއްގަމުގައި ފެންފޮދެއް އޮތްހާތަނެއް ހިއްކައި، ގަސްރުއްކަނޑައި، ހުރިހާތާކު ގެދޮރުއަޅައި، ވަށައިގެން ބޮޑުހިލަޖެހީމާ، ކުޅުދުއްފުއްޓާއި އެހެން ރަށްރަށާއި އޮތީ ކޮން ތަފާތެއްހެއްޔެވެ؟

ތަފާސް ހިސާބުން ދައްކާގޮތުން ދިވެހިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު ދަނީ، އިތުރު ވަމުންނެވެ. އާ އެއާޕޯޓްތަކާއި ދަތުރުފަތުރުގެ ނިޒާމަށް އަންނަ ފަސޭހަތަކާއެކު، އަދިވެސް، ދިވެހިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު ދާނީ އިތުރުވަމުންނެވެ.

ވީމާ، ރަށުގައި “ލޯކަލް ޓުވަރިޒަމް” ފަށާހިތްވާ މީހުންނާއި ވިޔަފާރިވެރިންނާއި އަދި އެންމެން ބަލަންވީ ކުޅުދުއްފުއްޓަކީ ޝައުގުވެރިތަނަކަށް ހެދޭތޯއެވެ. މިގޮތުން ކުރެވިދާނެ އެއްކަމަކީ ރަށުގައި ނޭޗާ ޕާކެއް ލަސްނުކޮށް ތަރައްގީކުރުމެވެ. މީގެ ފައިދާ ރަށުގެ ރައްޔިތުންނަށް ފެންނަމިންވަރު އިތުރުވަމުންދާނީ ރަށް ތޮއްޖެހެމުން ދާންފެށީމައެވެ. ކުރިޔަށް އޮތީ އެދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355