ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރަކަށް ކައިލީ

ޚަދީޖާ އާދަމް - 2 ހަފްތާ ކުރިން - 6 މާރޗް 2019ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު މިހާރި އޮތީ ކައިލީ ޖެނާގެ އަތުގައެވެ. ފޯރބްސް ބިލިއަނާރސް ލިސްޓުގައި ވާގޮތުން ކައިލީ އަކީ އަމިއްލަ މަސައްކަތުން ބިލިއަނަރެއްގެ މަގާމު ހޯދި މި ވަގުތު ދުނިޔޭގަ ހުރި އެންމެ ޒުވާން ބިލިއަނަރެވެ.

ކާރޑޭޝިއަން އާއިލާގެ އެންމެ ހަގު އުމުރުން އެންމެ 21 އަހަރު ކައިލީ އަކީ އޭނާގެ ނަމުގައި ހިންގާ ކޮސްމެޓިކް ބްރޭންޑް ކައިލީގެ ފައުންޑާ އަދި އޯނަރެވެ. މި ބްރޭންޑް ބާޒާރަށް ނެރުނުތާ 3 އަހަރު ވެފައިވާއިރު މިއީ އާންމުގެ މެދުގައި މަގުބޫލް އެއް ބްރޭންޑަށް ވަނީ ވެފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެ ކައިލީ އަށް 360 މިލިއަން ޑޮަލަރުގެ ފައިދާއެއް ވެފައިވެއެވެ.

2015 ގައި ފެށި މި ވިޔަފާރީއާއި އެކު ކައިލީ އަށް ބޮޑު މަޝްހޫރި ކަމެއް ލިބުނެވެ. އޭނާއައި އެކު މި ވިޔަފާރީގައި އެހީތެރިވެދެނީ އެނާގެ މަންމައެވެ. ކައިލީއަށް ވިޔަފާރީ ފަށަން އެންމެ ބޮޑު ފަސޭހައެއް ލިބުނީ ޝޯޝަލް މީޑިއާގެ ސަބަބުން ކަމަށް އޭނާވަނީ ބުނެފައެވެ.

ކައިލީގެ އިތުރުން ޒުވާން އުމުރުގައި ބިލިއަނަރަކަށް ވި އެކަކަކީ ފޭސްބުކް ގެ ފައުންޑާ މާރކް ޒަކަބާގެވެ. އޭނާ ބިލިއަނަރެއްގެ ޝަރަފުހޯދީ އުމުރުން 23 އަހަރުގަ އެވެ.  1. 19 އަހަރު 2 ހަފްތާ ކުރިން
    ރުފިޔާކޮޅު ހިފައިގެން ކައްވަޅަށް ދެވޭނެނަމަ މަވެސް ވީހީ ބިލިޔަނަރަކަށް.