twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރައްޔިތުންނަށް އުނދަގޫވާ ވަރަށް ޖަގަހަތަކުން ލަވަޖެހުން، ވޯޓް އިތުރުވޭތަ!

ނަބީލާ އިސްމާޢީލް
Apr 4, 2019

ރައްޔިތުންގެ މަޖިލީސް އިންތިހާބަށް 1 ދުވަހަށް ވެފައިވާއިރު ކެމްޕެއިން ފެށުމާއި ހަމައަށް ކެނޑިޑޭޓުންގެ އަޑަށްވުރެން ޖަގަހަތަކުން އިވެނީ ރައްޔިތުންނަށް އުނދަގުވާވަރަށް ލަވައިގެ އަޑުފަށްގަނޑެވެ. ބައެއް ފަހަރު ކެނޑިޑޭޓުންގެ ކެމްޕެއިން ލަވަ ޖަހާއިރު ކެމްޕެއިންނާ އެއްވެސް ގުޅުމެއް ނެތް ލަވަތައްވެސް ރައްޔިތު މީހާއަށް ބޮލަށް ތުރާވާވަރަށް ދަނީ ޖަހަމުންނެވެ.

ރައްޔިތު މީހާއަށް ވާނެ އުނދަގޫ އިހުސާސް ނުކުރެވޭ ކެންޑިޑޭޓުންނަށް ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ހިދުމަތެއް ބާއޭވެސް ހިތަށްއަރާ ވަރަށް ބައެއް ފަހަރު ކަންތަށް ބޮޑުވެއެވެ. ރައްޔިތުން ކުރާ ސަކުވާއަކަށް ނުބަލާ އަޑުގަދަކޮށް ލަވަޖެހުމުން ވޯޓް އިތުރުވަނީ ބާއޭވެސް ހިތަށް އަރައެވެ.

ބައެއް ޖަގަހަތަކަކީ ޓިއުޝަން ކުލާސްތަކުގެ ކައިރީގައި ހުޅުވާފައިވާ ޖަގަހަތަކެވެ. ޓިއުޝަން ގަޑީގައި ކުދިންނަށް ކިޔަވާދިނުމަށް އުނދަގުވާ ކަމުގެ ޝަކުވާތައްވެސް ބެލެނިވެރިންނާ ޓީޗަރުން އަންނަނީ ކުރަމުންނެވެ. ފިލާވަޅުގެ ބަދަލުގައި ދަރިވަރުންގެ ބޮލުގައި އެނބުރެނީ މި ކެނޑިޑޭޓުންގެ ލަވަތަކެވެ.ޓެސްޓް ހަދަންދާ ކުއްޖާވެސް ޖަވާބުގެ ބަދަލުގައި ޕޭޕަރުގައި ކޮންމެވެސް ކެނޑިޑޭޓެއްގެ ކެމްޕެއިން ލަވައެއް ލިޔެވޭ ހިސާބަށް މިކަން މިއޮތީ ބޮޑުވެފަ އެވެ. ނަމަވެސް އެއްވެސް ކެނޑިޓޭޓަކަށް އެ ޝަކުވާތަށް އިވޭހެނެއް ހިއެއް ނުވެއެވެ. ނޫނީ ޝަކުވާތައް އަޑުއަހަން ބޭނުން ނުވަނީ ކަންނޭނގެއެވެ.

ބައެއް ޖަގަހަތަކުން ދެ ނަމާދު ދޭތެރެ ގަޑިވެސް ދޫކޮށް ނުލައި އެގަޑީގައިވެސް އަންނަނީ އަޑުގަދަ ކުރާއިން ލަވަޖަހަމުންނެވެ. ނުވިތާކަށް ޕިކަޕުތަކުގައި ރައްޔިތުން އުނދަގޫވާ ވަރަށް އަޑުގަދަކުރާއިން މުޅިރަށުތެރޭގައިވެސް ކެނޑިޑޭޓުންގެ ސަޕޯޓަރުން އަންނަނީ ލަވަޖަހާ އަޑުގަދަކުރަމުންނެވެ.

ކެނޑިޑޭޓުންގެ މެދުގައި އޮންނަ ވާދަވެރިކަމަށްވުރެން ކެނޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި އޮންނަ ވާދަވެރިކަންވެސް ބިރުގަންނަވަރަށް އޮތީ ހައްދު ފަހަނައަޅާފައެވެ. އެއް ކެނޑިޑޭޓުގެ ސަޕޯޓަރުން އަނެއް ކެނޑިޑޭޓުންގެ ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީ ފިތުނަ ފަސާދައިގެ ނުބައި ވަބާވެސް އަންނަނީ ފެތުރެމުންނެވެ. ކުޅުދުއްފުށީ ފަދަ ރަށެއްގައި އެފަދަ އަމަލުތައް އަދިވެސް ފެންނަމުންދާ ކަމުގެ ހެއްކަކީ ތަރައްގީއާއި އެއްވަރަށް ކުރިއަރަން ނޭނގޭކަމެވެ.

މިކަމަކީ އިސްވެ ކެނޑިޑޭޓުން ކުރާކަމެއް ނޫންކަމުގައި ވިއަސް، ނުވަތަ ކެނޑިޑޭނުންނަށް އެނގިގެން ކުރާ ކަމެއް ވިއަސް އިރުއޮއްސޭ ވަގުތުތަކާއި، ދަރިވަރުން ސްކޫލު ނިންމާ ގެއަށްދާ ވަގުތުތަކުގައި އެފަދަ އަމަލުތައް ހުއްޓުވަން ޖެހެއެވެ.

ބަދަލުގައި އެ ބޭފުޅުން ކޮށްދެއްވާނެކަންތައް އަޑުގަދަކުރާއިން ޖަހައި، ރައްޔިތުންނަށް އުނދަގޫނުވާ ވަރަށް އަޑުގަދަކުރާ ބޭނުންކުރުން ކިހިނެއްވާނެ ތޯ ؟ އެވެ. ރައްޔިތުން އުޅޭ ހާލަތު އަމިއްލައަށް ދެކެލައި އެމީހުންގެ ޝަކުވާތައް އަމިއްލައަށް އަޑުއަހާލައި ވާހަކަދައްކާލާ، ރައްޔިތުމީހާގެ ދިރިއުޅުން ގާތުން ބަލާލާ ކެނޑިޑޭޓަކަށްވުން ކިހިނެއްވާނެތޯ ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355