twitterviber whatsapp telegramfacebookyoutube instagram
5th July 2025

ދިވެހި ފިލްމު ނަފުރަތުވުމުން ތިލަދެކުނު ސިނަމާގައި އަޅުވަނީ

ނަބީލާ އިސްމާޢީލް
Apr 9, 2019

ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމު ނަފުރަތުވުމުން މި މަހު 11 ގައި ތިލަދެކުނު ސިނަމާގައި އަޅުުވަވަން ހަމަޖެހިއްޖެވެ.

ނަފްރަތުވުމުން އަކީ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ދިވެހި މުޖުތަމައުއަށް ވަރަށް ބޮޑަށް އަމާޒުކޮށް ފައިވާ ފިލްމެކެވެ.

ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ޓިކެޓް މިއަދުން ފެށިގެން ލިބެން ހުންނާނީ ކުޅުދުއްފުށީ ޕެންޓާގުރާމް ފިހާރައިންނެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ، ޓިކެޓް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 9944032 އެވެ.

ފިލްމް އެޅުވުމަށް ކުޅުދުއްފުށީގައި އިސްކޮށް އުޅޭ ފަރާތަކުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ އަދި ވިކެމުން ދަނީ ފުރަތަމަ ޝޯ ގެ ޓިކެޓް ކަމަށެވެ. މި ޝޯ ފުލްވެއްޖެނަމަ ދެވަނަ ޝޯ އެއް އެޅުވުމަށް ވެސް ވިސްނަމުން ދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355