twitterviber whatsapp telegramfacebookyoutube instagram
21st June 2026

ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފި

Apr 15, 2019

ވާރޭ ނުވެހި ގިނަދުވަސް ވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފި އެވެ.

ދެ ރަކުވަތުގެ މި ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުތުބާގައި ވަނީ ފެނަށް ދަތިވެ ނުތަނަވަސްކަން ރަށުތެރެއަށް ފެތުރިފައިވާތީ މިކަމުން މިންޖު ކުރައްވާތޯ މާތްﷲ ގެ ޙަޟްރަތަށް ރުޖޫއަވުމަށް ގޮވާލާ ފާފައެއް ކުރެވިފައިވާނަމަ އެ ފާފައަކުން ތައުބާވެ ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން މާތްﷲ އަށް އިހްލާސްތެރިކަމާއެކު އިސްތިޣްފާރުކުރުން އިތުރުކޮށް މާތްﷲ އަށް ތައުބާވެ ހިތްނިޔަތް ހާލިސްކުރުމަށް ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ. އަދި ދުއާ އިޖާބަކުރައްވާނެކަމުގެ ޔަގީންކަމާއެކު އެކަލާނގެއަށް ދުއާކުރުމަށާއި އެއްވެސް އަޅެއްގެ އެދުން އެކަލާނގެ ގެއްލެނި ނުކުރައްވާނެކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީގައި މި ނަމާދުކޮށްފައިވަނީ ކުޅުދުއްފުށީ ހުކުރު މިސްކިތުގަ އެވެ.

ފެން ލިބުން ދަތިވެއްޖެނަމަ ނުވަތަ ވާރޭ ވެހުން ލަސްވާނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުއާކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ. އިސްތިސްގާ ނަމާދު ކުރަނީ ބޮޑުޖަމާއަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355