twitterviber whatsapp telegramfacebookyoutube instagram
21st December 2025

ލަންކާއަށް ގުޅުމަށް ހާއްސަ ރޭޓެއެއް އުރީދޫއާއި ދިރާގުން ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Apr 21, 2019

ސްރީލަންކާގައި ޓެރަރިސްޓް ހަމަލާއެއްދީ ލަންކާގެ ގިނަ ރައްޔިތުންތަކެއް މަރާލައި ހިންގި ހިތާމަވެރި ހާދިސާގައި ބައިވެރިވުމުގެ ގޮތުން އެ ގައުމަށް ކުރާކޯލުތަކުގެ އަގު އޫރިދޫއާއި ދިރާގުން ހެޔޮކޮށްފިއެވެ.

ސްރީލަންކާގެ އެކިހިސާބުތަކުގައި މިއަދު ހެނދުނު ހިނގާދިޔަ ހަމަލާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގާ ބައިވެރިވެ އެސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12 ގެ ނިޔަލަށް އާއި ހަމައަށް އުރީދޫއާއި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ލަންކާއަށް މިނެޓަކަށް 1.00ރ. ގެ ރޭޓުގައި ގުޅާލެވޭނެކަމަށް އެފަރާތުން ވަނީ ހާމަކޮށްފަ އެވެ.

މި ހާދިސާއާއި ގުޅިގެން އުރީދޫއިން ގާއިމްކުރެވިފައިވާ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 94727277072، 94766942654 ނުވަތަ 9607983400 އަށް ގުޅުމަށް އެކުންފުނިން އެދެއެވެ.

މި ހާދިސާގައި މިހާތަނަށް 160 މީހަކު ވަނީ މަރުވެފައި ވައިރު މި ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355