twitterviber whatsapp telegramfacebookyoutube instagram
26th March 2026

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު މެއި 1 ގައި

އަބްދުލް ވާހިދު ޙަސަން
Apr 29, 2019

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު މިފެށޭ މެއި އެއްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

އަފީފުއްދީން ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ މި ރޯދަ ބާޒާރު ސޭލް ފެށުން ހަމަޖެހިފައިވަނީ މެއިމަހުގެ ފުރަތަމަ ދުވަހުގެ ރޭގަނޑު 8:15 ގަ އެވެ. މި ސޭލް މެއިމަހުގެ 4 ވަނަދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ.

މިއަހަރު ބާޒާރުގައި 12 ވިޔަފާރިއަކުން ބައިވެރިވެފައިވާއިރު މިސޭލް ކުރިއަށްދާނީ އަފީފުއްދީން ސްކޫލުގައި އެވެ. އެގޮތުން 12 ސްޓޯލްގެ އިތުރުން ހޯލްގައިވެސް މުދާ ވިއްކާނެ އެވެ.

އެސްކޫލުން ބުނީ މިބާޒާރުގައި ރޯދައަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކު އަގުހެޔޮކޮށް ލިބިގެންދާނެ ކަމަށެވެ. ބަދިގޭ ސާމާނުގެ އިތުރުން، އިތުރު ބައެއް ސާމާނުވެސް ލިބެން ހުންނާނެކަމަށް ސްކޫލުން ބުނެ އެވެ.

ސޭލްގައި ބައިވެރިވާ ވިޔަފާރިވެރިންނާ ހަވާލާދީ ސްކޫލުން ބުނީ ބާޒާރަށް ވިޔަފާރިވެރިން ވަރަށް ދުރާލައި ތައްޔާރުވެފައިވާ ކަމަށާއި ސޭލްގައި ކޮލިޓީ މުދާ ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.

މިއީ އެންމެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355