twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަރަށް ފުރިހަމަ ރީތި މިސްކިތެއް ނޮޅިވަރަންފަރުގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
May 5, 2019
4

އަމިއްލަ ފަރާތްތަކުން ހދ ނޮޅިވަރަންފަރުގައި އިމާރާތްކުރި " ތައުބާ މިސްކިތް " ވަގުތީގޮތުން ރޯދައަށް ހުޅުވައި، ނަމާދުކުރަން ފަށައިފި އެވެ.

ވަރަށް ފުރިހަމަ ރީތި މި މިސްކިތްތަކީ އެރަށުގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އަލީ ރަޝީދުގެ ހަރަދުގައި އިމާރާތްކުރި މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރަން ފެށުމުގެ ގޮތުން ރޭ ވަނީ ފަތިސް ނަމާދުކޮށްފަ އެވެ.

1200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކޮށްފައިވަނީ އެރަށުގެ އެލިއާ ސައިޓް އަވަށުގައި އެވެ.

ކައުންސިލުން ބުނީ މި މިސްކިތުގައި ނަމާދުކުރަން ފެށުމުން މިސްކިތްތަކަށް ދިމާވެފައިވާ ޖާގައިގެން ދަތިކަން ފިލާނެ ކަމަށެވެ. ރޯދައަށް ހުޅުވާ ވަގުތީގޮތުން ނަމާދުކުރަން ފެށުނުނަމަވެސް ރޯދަމަސް ނިންމުމުން ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް އަލުން ފަށާނެކަމަށް ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމް ވިދާޅުވި އެވެ.

އެގޮތުން ކާޕެޓް އެޅުމާއި މިސްކިތް އޭސީ ކުރުމުގެ އިތުރުން، މިސްކިތް ނިންމުމަށް ހުރި އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެ އެވެ. މިސްކިތް ނިމުމުން ރަސްމީކޮށް އަލުން ހުޅުވާނެ އެވެ.

މި މިސްކިތް އެއްކޮށް ނިމޭއިރު ހިނަވާގެ އަކާއި މޯޗަރީއެއްވެސް ހިމެނެ އެވެ. މި މިސްކިތްތާއެކު ނޮޅިވަރަންފަރުގައި ނަމާދުކުރާ ހަތަރު މިސްކިތް ހުންނާނެ އެވެ. މި މިސްކިތަކީ 2017 ވަނަ އަހަރު އިމާރާތްކުރަން ފެށި މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355